ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވައި ފެނިއްޖެ
ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވައި ފެނިއްޖެ

ކ. އިތާފުށި ރިސޯޓުގެ ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގެއްލުނު ދިވެހި މީހާ ހޯދަނިކޮށް، މަރުވެފައި އޮއްވައި 45 މީޓަރު އަޑިން މިއަދު ފެނިއްޖެ އެވެ.

ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވައި ފެނިއްޖެ
ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވައި ފެނިއްޖެ

ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި މި އެކްސިޑެންޓުގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނީ އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކެޕްޓަން، ދ. ކުޑަހުވަދޫ ކިސްވާ މުހައްމަދު އަހުމަދު 37، އެވެ.

ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވައި ފެނިއްޖެ
ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވައި ފެނިއްޖެ

އެމްއެންޑީއެފުން ބުނީ މުހައްމަދު އަހުމަދު ފެނުނީ 45 މީޓަރު އަޑީގައި އޮއްވައި، ކޯސްޓް ގާޑުގެ ޑައިވަރުންނަށް ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

މުހައްމަދު އަހުމަދުގެ ހަށިގަނޑު 12 ގަޑިއިރު ފަހުން ފެނުނު ސަރަހައްދުން ލޯންޗުގެ ހުންގާނު ވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދ. ވާނީން ކުޑަހުވަދު އަށް ބަދަލުވި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު އަހުމަދު މަރުވިއިރު، އޭނާގެ އަންބަކާއި އުމުރުން 18 އަހަރުން ދަށުގެ ތިން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހަކު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ރޭ ވަނީ މަރުވެފަ އެވެ. އެއީ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ފަޅުވެރިއެކެވެ.

އެކްސިޑެންޓުގައި ހަތް ބިދޭސީއަކަށާއި ދިވެއްސަކަށް ފަރުވާ ދިނުމަށް ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވެ އެވެ. އެކަމަކު، މިހާރު އެ ހޮސްޕިޓަލްގައި ފަރުވާ ދެނީ އެންމެ ދެ މީހަކަށެވެ. ފަސް މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއިރު، އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެ އެވެ.