އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ
އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ

އެކްސިޑެންޓުގައި މޫދަށް ވެއްޓި ގެއްލުނު، ދ. ކުޑަހުވަދޫ، އަހްމަދު މުހައްމަދު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނޭ. ކޯސްޓުގާޑުގެ ޑައިވަރުން އަންނަނީ އޭނާ ހޯދަން މަސައްކަތް ކުރަމުން.

އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ
އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ

އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ ދިވެއްސަކާއި ހަ ބިދޭސީންނަށް. އެކި މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އަފްއާލް ވިދާޅުވި. އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ބައެއް މީހުން މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ ފަރުވާ ދެމުން އަންނަ ހަތް މީހުންގެ ހާލަތު އަދި ވިދާޅުވާން ދަތި ކަމަށް. ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން މަރުވީ އެންމެ ސީރިއަސް އަނިޔާ ލިބުނު މީހާ ކަމަށް އޭނާ ވިދާޅުވި.

އެކްސިޑެންޓުގައި އަނިޔާވި އަށް މީހަކަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން. އޭގެ ތެރެއިން ބައެއް މީހުން އިމަޖެންސީ ފަރުވާ ދޭ ކޮޓަރި އަށް ވެއްދިއިރު ގައިގެ އެކި ތަންތަނުން ލޭ ފައިބަމުން ދިޔަ ކަމަށްވޭ.

ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީއަކު މަރުވެއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. ލޯންޗުގެ ފަޅުވެރިއެއް ކަމަށްވާ ބަންގްލަދޭޝް މީހާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އެ އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެފައިވާއިރު، އެއް ލޯންޗުގެ ކެޕްޓަން ވަނީ ގެއްލިފަ އެވެ.

އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިންގީ، މާލެ އަތޮޅު އިތާފުށި ރިސޯޓުގެ ދެ ލޯންޗެއް ޖެހިގެންނެވެ. ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި މި އެކްސިޑެންޓުގައި ގެއްލިގެން ހޯދަނީ، ލޯންޗުގެ ކެޕްޓަން، ދ. ކުޑަހުވަދޫ އަހްމަދު މުހައްމަދެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ގެއްލުނު ކައްޕީ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަނިޔާވި ދެ މީހުން ފަރުވާ އަށް އޭޑީކޭ އަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެކްސިޑެންޓުވީ އިތާފުށި 3 އަދި އިތާފުށި 5 ނަމަކަށް ކިޔާ ދެ ލޯންޗު ޖެހިގެންނެވެ. އޭގެތެރެއިން އެއް ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

"ގެއްލިފައިވާ މީހާ ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން ދަނީ އެ ސަރަހައްދުގައި ޑައިވްކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.