20 އެޕްރީލް 2018 - 11:37

ގުރުއަތުން ހޮވޭ ހަ މީހަކަށް އުމްރާ ދަތުރު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އަލް މުދިޝް އިން ފަށައިފި އެވެ.
ރޯދަ މަހާ ދިމާކޮށް އަލް މުދިޝް އިން ފެށި ޕްރޮމޯޝަން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އަދި ޕްރޮމޯޝަންގައި، އަލް މުދިޝް ކިރު ދަޅާއި ޕެކެޓުގައި ޚާއްސަ ސްޓިކާ އެއް އިންނާނެ އެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ އެ ސްޓިކާ ސްކްރެޗް ކުރުމަށް ފަހު، އޭގައި ފޮރުވިފައި ވާ ނަންބަރު 4567 އަށް އެސްއެމްއެސް ކުރުމުންނެވެ.
"ސްޓިކާ ސްކްރެޗް ކުރުމަށް ފަހު އޭގަ އިންނަ ނަންބަރު މެސެޖު ކުރީމަ އެ މީހަކަށް ލިބޭނެ ޚާއްސަ ކޯޑެއް. އިނާމާ ހަވާލުވާން އަންނަ އިރު، މެސެޖުން އެ މީހަކަށް ލިބޭ ކޯޑު އެނގުން ވަރަށް މުހިންމު ވާނެ،" އަލް މުދިޝް ކިރު ރާއްޖެ އެތެރެކޮށް ވިއްކާ ސިބްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަސީބުވެރިން ހޮވުން އޮންނާނީ ޕްރޮމޯޝަން ނިމޭ ދުވަހު ކަމަށެވެ. އަދި ނަސީބުވެރިންނަށް ހޮވޭ ހަ މީހުންނަށް، މި އަހަރު ނިމުމުގެ ކުރިން ބޭނުން ތާރީޚެއްގައި އުމްރާ އަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލް މުދިޝް ރާއްޖެ އެތެރެކުރާ ސިބްކޯ އަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ މަމީ ޕޮކޯ ޑައިޕާ އާއި ފަލަކް ބާސްމަތީ ހަނޑޫ އަދި ޑިއުރަސަލް ބެޓެރީގެ އިތުރުން ސެލްޕެކް ރޭންޖުގެ ޓިޝޫ ރާއްޖެ އަށް އެތެރެކޮށް ވިއްކާ ކުންފުންޏެވެ.