އައިއެސްއާ ގުޅުން ހުރި 300 މީހުންނަށް މަރުގެ ހުކުމް އިއްވައިފި
އައިއެސްއާ ގުޅުން ހުރި 300 މީހުންނަށް މަރުގެ ހުކުމް އިއްވައިފި

ބަޣުދާދު (އެޕްރީލް 19) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި 300 އަށް ވުރެ ގިނަ މީހުންނަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

އައިއެސްއާ ގުޅުން ހުރި މީހުންނަށް ހުކުމް އިއްވާފައި ވަނީ އިރާގުގެ ދެ ކޯޓަކުންނެވެ. އެއީ އުތުރުގެ މޫސަލް އާއި ވެރިރަށް ބަޣުދާދުގެ ކޯޓުތަކުންނެވެ. މޫސަލްގެ ކޯޓުން ވަނީ 212 މީހުން މަރަން ހުކުމްކޮށްފަ އެވެ. އަދި 150 މީހުން އުމުރަށް ޖަލަށްލާން ހުކުމް ކުރި 341 މީހުން ވަނީ އެކި މުއްދަތަށް ޖަލަށް ހުކުމް ކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ އިރާގުގެ ކޯޓުތަކުން ވަނީ އައިއެސްއާ ގުޅުން ހުރި ބޭރުގެ 103 މީހަކަށް މަރުގެ ހުކުމް އިއްވައިފަ އެވެ.

އެންމެ ފަހުން މަރުގެ ހުކުމް އިއްވި އަންހެނުންގެ ތެރޭން ގިނައީ ތުރުކީ އާއި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާތަކަށް ނިސްބަތްވާ މީހުންނެވެ.

އިރާގުން ޑިސެމްބަރު މަހު ވަނީ އައިއެސްގެ މައްޗަށް ކާމިޔާބު ހޯދާފައިވާކަން އިއުލާންކޮށްފަ އެވެ.