20 ޕަސެންޓާ ހަމައަށް ޑޭޓާ ލިބޭ އާ ޕެކްތަކެއް އުރީދޫން ތައާރަފު ކޮށްފި
20 ޕަސެންޓާ ހަމައަށް ޑޭޓާ ލިބޭ އާ ޕެކްތަކެއް އުރީދޫން ތައާރަފު ކޮށްފި

މުޅި އެކު 20 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ، އާ ޑޭޓާ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފު ކޮށްފި އެވެ.

މި ޑޭޓާ ޕެކޭޖުތަކަކީ؛ އުރީދޫ ޑޭޓާ 110 (700 އެމްބީ) އާއި އުރީދޫ ޑޭޓާ 160 (1.25 ޖީބީ) އާއި އުރީދޫ ޑޭޓާ 220 (2.5 ޖީބީ) އާއި އުރީދޫ ޑޭޓާ 330 (5 ޖީބީ) އަދި އުރީދޫ ޑޭޓާ 440 (7.5 ޖީބީ)ގެ އިތުރުން އުރީދޫ ޑޭޓާ 1،100 (25 ޖީބީ) އެވެ.

"އުރީދޫގެ އާ ޑޭޓާ ޕެކްތަކާ އެކު، ކަސްޓަމަރުންނަށް ލިބޭ ފައިދާ އިތުރު ވެގެންދޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަސްޓަމަރުންގެ ހިޔާލު ހޯދައި، އެ ބޭފުޅުން އެދޭ ފަދަ ހެޔޮ ބަދަލުތައް އުރީދޫގެ ޚިދުމަތްތަކަށް ގެނައުމަކީ ވަރަށް މުހިންމު އަދި އެކަމަށް އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމެއް،" އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް ޑިޖިޓަލް، އަރުޝަދު ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑޭޓާ ބޭނުން ކުރާ މިންވަރު ދިވެހިންގެ މެދުގައި އިތުރު ވަމުން އަންނައިރު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް 4ޖީ ޕްލަަސް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކުން އިންޓަނެޓް ބޭނުން ކުރުމަށް އާ ޕެކޭޖްތަކުން އެތަށް ގުނައަކަށް އިތުރަށް ޑޭޓާ ލިބޭނެ ކަމަށެވެ.

އުރީދޫގެ ޑޭޓާ ޕްލޭންތަކަށް، ކޮންމެ ގަޑިއެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެގޮތުން މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް އަދި *929# އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ޑޭޓާ ޕްލޭންތަކަށް ސަބްސްކްރައިބް ކުރެވެ އެވެ.

މި ޕެކޭޖުތަކުގެ އިތުރުން ވެސް ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ޚާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫން ފޯރުކޮށްދެ އެވެ.