ޓެރަރިޒަމް ކުށުގައި 10 އަހަރަށް ޖަލަށް ލާފައި ހުރި މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި!
ޓެރަރިޒަމް ކުށުގައި 10 އަހަރަށް ޖަލަށް ލާފައި ހުރި މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި!

ޓެރަރިޒަމްގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާފައި ހުރި ފިރިހެނަކު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި އެވެ.

އޭނާ އަށް ޖަލު ހުކުމެއް އިއްވީ ރިސޯޓެއްގައި ވަޒީފާއަދާކުރި މުވައްޒަފަކު 2009 ގައި މާލޭ ގެއެއްގެ ތެރޭގައި ރަހީނުކޮށް، އޭނާގެ ކޭޝްކާޑާއި ފައިސާތަކެއް ފޭރުނު މައްސަލައިގަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކު ވެސް އެކަމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރި އެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި މީގެ ދެތިން ހަފުތާކުރިން އެ މީހާ ދޫކޮށްލީ، ޖިނާއީ އެހެން ކުށަކަށް އަރައިނުގަތުމުގެ އިތުރުން އެހެން ވެސް ބައެއް ޝަރުތުތަކާ އެކުގަ އެވެ. އެކަމަކު އޭގެ ތަފްސީލެއް ކަރެކްޝަނަލް ސާވިސް އިން އަދި ސާފެއް ނުވެ އެވެ.

ޓެރަރިޒަމް ކުށުގައި ހިމެނޭ މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާއިރު، ޓެރަރިޒަމް ކުށަކީ މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މާފްކޮށްދީގެން ނުވާނެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. އެކަމަކު އަދަބު ލުއިކޮށްދޭން ގާނޫނުން ހުރަހެއް ނެތެވެ.