އިދްރީސް އެލްބާ ނެޓްފްލިކްސްގެ ކޮމެޑީއަކަށް ތައްޔާރުވެއްޖެ
އިދްރީސް އެލްބާ ނެޓްފްލިކްސްގެ ކޮމެޑީއަކަށް ތައްޔާރުވެއްޖެ

ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ މަޝްހޫރު އެކްޓަރު އިދްރީސް އެލްބާ ނެޓްފްލިކްސްގެ ވެބް ސީރީޒެއް ކުޅެން ތައްޔާރު ވާން ފަށައިފި އެވެ.

އޭނާގެ ކުންފުނި ގްރީން ޑޯ ޕްރޮޑަކްޝަނުން ކޯ-ޕްރޮޑިއުސް ވެސް ކުރާމި ޝޯއަކީ ފުރަތަމަ ސީޒަންގައި 8 އެޕިސޯޑް އެކުލެވޭ "ޓާން އަޕް ޗާލީ" އެވެ. މިއީ ޑީޖޭއަކަށް ވާން، އުނދަގޫ މަރުހަލާތަކެއް ކަޑައްތުކުރާ ޗާލީ ކިޔާ ހުސްހަށިބައި ފިރިހެނެއްގެ ވާހަކަ ކިޔައިދޭ ކޮމެޑީއެކެވެ.

"ޓާން އަޕް ޗާލީ" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ޝަޕީރޯ އާއި މެޓް ލިޕްސީ އެވެ. އަންނަ މަހުގެ ތެރޭގައި މީގެ ޝޫޓިން އިދްރީސްގެ އުފަން ގައުމު އިނގިރޭސިވިލާތުގައި ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

ނަމަވެސް "ޓާން އަޕް ޗާލީ" ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ވެބް ސީރިޒްވެގެން ދާނީ އިދްރީސް ޕްރޮޑިއުސްކޮށް، އެކްޓް ކުރާ ދެވަނަ ސީރީޒަށެވެ. ސްކައި ވަން އިން މިހާރު ދައްކަމުން އަންނަ ކޮމެޑީ ސިލްސިލާ "އިން ދަ ލޯންގް ރަން" އަކީ ސިއެރަ ލިއޯން އިން އިނގިރޭސިވިލާތަށް ހިޖުރާކުރާ މީހެއްގެ ރޯލުން އިދްރީސް ފެނިގެންދާ ސިލްސިލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ ސީދާ އޭނާގެ ހަޔާތާ ގުޅޭ ގޮތަށް ގެނެސްދޭ ސިލްސިލާއެކެވެ.

އިދްރީސް މީގެ ކުރިން ވެސް ވަނީ ކާމިޔާބު ޓީވީ ސިލްސިލާތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ލޫދާ"، "ގޮރިއްލާ"، "ދަ ބިގް ސީ" އަދި "ދި އޮފީސް" ފާހަގަކޮށްލެވެ އެވެ.

"ތޯ" އާއި "ޕެސިފިކް ރިމް" އަދި "ސްޓާ ޓްރެކް: ބިޔޯންޑް" ފަދަ ފިލްމްތައް ކުޅެފައިވާ 45 އަހަރުގެ އެކްޓަރު ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ މި މަހުގެ 27 ގައި ރިލީޒް ކުރާ "އެވެންޖާޒް: އިންފިނިޓީ ވޯ" އިންނެވެ. މިދިޔަ އަހަރު ފިލްމަކުން ފެނިފައިވެ އެވެ. އެއީ "ދަ ޑާކް ޓަވާ،" "މޮލީޒް ގޭމް"، "ދަ މައުންޓެއިން ބިޓްވީން އަސް" އަދި "ތޯ: ރެގްނަރޮކް"! އެވެ.

އިދްރީސް ޑައިރެކްޓްކޮށްފައިވާ ކްރައިމް ޑްރާމާ "ޔާޑީ" އަންނަ އޮގަސްޓް 24 ގައި ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމް ވަނީ މި އަހަރުގެ ސަން ޑާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ވެސްކޮށްފަ އެވެ.