ރޭޕް ކުރި ކުއްޖާގެ ނަން ހާމަކުރި މީޑިއާތައް އެއް މިލިއަން ރުޕީސް އިން ޖޫރިމަނާ
ރޭޕް ކުރި ކުއްޖާގެ ނަން ހާމަކުރި މީޑިއާތައް އެއް މިލިއަން ރުޕީސް އިން ޖޫރިމަނާ

ނިއު ދިއްލީ (އެޕްރީލް 18) - އިންޑިއާގެ ކަޝްމީރުގައި ގޭންގަކުން ރޭޕްކޮށް މަރާލި އަށް އަހަރުގެ ކުއްޖާގެ ނަން ހާމަކުރި ކޮންމެ މީޑިއާއެއް އެއް މިލިއަން ރުޕީސް (15،000 ޑޮލަރު) އިން ޖޫރިމަނާ ކޮށްފި އެވެ.

ކުޑަ ކުއްޖާގެ ނަން ހާމަކުރި 12 މީޑިއާ ކުންފުނިން ޖޫރިމަނާ ފައިސާ ދެއްކުމަށް އަންގާފައި ވަނީ ޖިންސީ އަނިޔާ ލިބޭ މީހުންނަށް ބަދަލު ދިނުމަށް އުފައްދާފައިވާ ފަންޑަކަށެވެ.

ރޭޕުގެ ޝިކާރައަކަށްވާ މީހުންގެ ނަން ހާމަކުރުން އިންޑިއާގެ ގާނޫނުތަކުން މަނާކުރެ އެވެ. އަދި ރޭޕްކުރި މީހާ މަރުވި ނަމަވެސް ނަން ހާމަކުރުން މަނަލެވެ.

ނިއު ދިއްލީ ހައި ކޯޓުން އަންގައިފައި ވަނީ ކޮންމެ މީޑިއާއަކުން އެއް މިލިއަން ރުޕީސް ހަފުތާއެއްގެ ތެރޭގައި ރޭޕުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލު ދޭ ސްކީމަށް ދެއްކުމަށެވެ.

މީޑިއާތަކުގެ ވަކީލުން ކޯޓުގައި ބުނެފައި ރޭޕުގެ އަނިޔާ ލިބޭ މީހުންގެ ނަން ހާމަކުރުމާ މެދު ގާނޫނުގައި ބުނެފައިވާ އެއްޗެއް ކުރިން ސާފުވެފައި ނުވާ ކަމަށާއި ކަޝްމީރުގައި މަރާލި ކުއްޖާގެ ނަން ހާމަކޮށްފައި ވަނީ އެހެންވެ ކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާ މަރުވުމުން ނަން ހާމަކުރެވިދާނެ ކަމަށް މީޑިއާތަކުން ގަބޫލް ކުރި ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

ކަޝްމީރުގައި ރޭޕްކޮށް މަރާލި އަށް އަހަރުގެ ކުއްޖާގެ މައްސަލާގައި އިންޑިއާގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.