ކުޑަކުއްޖާ ސަލާމަތްކުރި ފުލުސް މީހާގެ އަގުވަޒަންކޮށްފި
ކުޑަކުއްޖާ ސަލާމަތްކުރި ފުލުސް މީހާގެ އަގުވަޒަންކޮށްފި

ޓްރެފިކްގައި ޖެހިފައިވާ ކާރެއްގައި އޮތް، ކުއްލި ފަރުވާ ބޭނުންވާ ކުއްޖަކު އުރާލައިގެން ހޮސްޕިޓަލަށް ގެންދިޔަ ފުލުސް މީހާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފުލުސް އޮފީހުން އޭނާއަށް ހަނދާނީ ލިޔުމެއް ދީފި އެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، އަބްދުﷲ ނަވާޒް މިއަދު ވަނީ، ކުޑަކުއްޖާއަށް އެހީވި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއުއާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރިފާއުއަށް ހަނދާނީ ލިޔުން ހަވާލުކުރެއްވީ ނަވާޒެވެ.

ރިފާއު އެހީވެފައި ވަނީ އިއްޔެ ގަލޮޅު ދަނޑު ކައިރީ އޮތް ޓެކްސީއެއްގައި އޮތް ކުއްޖަކަށް ފިޓް ޖެހި އަވަހަށް ފަރުވާ ދެވޭނެ ގޮތެއް ނެތިފައި ވަނިކޮށެވެ.

ކުއްޖާގެ މަންމަ ފާތުމަތު ޝިފްނާ މުހަންމަދު ބުނީ ފުލުސް މީހާގެ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ވެސް އަންނަނީ މި ފުލުސް މީހާއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.