ފިލައިގެން ދިޔަ ދުބާއީގެ ޕްރިންސަސް އަނބުރާ ގެނެސްފި
ފިލައިގެން ދިޔަ ދުބާއީގެ ޕްރިންސަސް އަނބުރާ ގެނެސްފި

ދުބާއީ (އެޕްރީލް 18) - ޔޫޓިއުބް ވީޑިއޯއެއް މެދުވެރިކޮށް ފިލިކަން އިއުލާންކުރި ދުބާއީގެ ޕްރިންސަސްއެއް ކަމަށްވާ ޝެއިޚާ ލަތީފާ އަނބުރާ ގެނެސްފި އެވެ.

ދުބާއީ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އުމުރުން 32 އަހަރުގެ ޝެއިޚާ ލަތީފާ ބިންތު މުހައްމަދު ބިން ރާާޝިދު އަލް މަޚްތޫމް މިހާރު ވަނީ އާއިލާއާ އެކު ކަމަށެވެ. ޝެއިޚާ ލަތީފާ އަނބުރާ ގެނައީ ކޮންތާކުން އަދި ކާކު ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. ޝެއިޚާ ލަތީފާ އަކީ ޔޫއޭއީގެ ނައިބް ރައީސް އަދި ބޮޑު ވަޒީރު ޝެއިޚް ރާޝިދު އަލް މަޚްތޫމުގެ ދަރިކަނބަލެކެވެ.

"އަޅުގަނޑު މި ވީޑިއޯ މި ހަދަނީ މިއީ އަޅުގަނޑުގެ ފަހު ވީޑިއޯ އަށް ވެދާނެތީ،" ފިލަނީކަން އިއުލާން ކުރުމުގެ ގޮތުން ޝެއިޚާ ލަތީފާ މާޗު މަހު ނެރުނު ވީޑިއޯގައި ވިދާޅުވެފައިވެ އެވެ.

ވީޑިއޯގައި ޝެއިޚާ ލަތީފާ ވިދާޅުވެފައި ވަނީ އޭނާގެ ބައްޕަ އަކީ ދުބާއީގެ ވެރިޔާ ޝެއިޚް ރާޝިދު ބިން މަޚްތޫމް ކަމަށާއި މަންމަ އަކީ އަލްޖީރިއާ މީހެއް ކަމަށެވެ. އަދި އޭނާ ފިލަނީ އަމިއްލަ މިނިވަން ކަމަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ.