އެމްއައިބީގެ ކާޑު މެޝިންތައް އަޕްގްރޭޑްކޮށްފި
އެމްއައިބީގެ ކާޑު މެޝިންތައް އަޕްގްރޭޑްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޕީއޯއެސް ކާޑު މެޝިންތައް އަޕްގްރޭޑްކޮށް، ވަޔަލެސް 3ޖީ މެޝިންތައް ދޫކުރަން ފަށައިފި އެވެ.

އިސްލާމިކް ބޭންކުން ބުނީ ކުރިން ދޫކުރަމުން އައި ކާޑު މެޝިންތަކަށް ވުރެ އާ މެޝިނުތައް ގެންގުޅެން ފަސޭހަވާނެ ކަަމަށެވެ. އަދި ހުރިހާ މެޝިންތަކެއް ވެސް ފަހުގެ މެޝިންތަކަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ތިނަދޫ އަދި ކުޅުދުއްފުށީގެ ބޮޑެތި ފިހާރަތަކުގައި އިސްލާމިކް ބޭންކުގެ ކާޑު މެޝިންތައް ހުންނާނެ ކަމަށް ވެސް އިސްލާމިކް ބޭންކުން ބުންޏެވެ.

އިސްލާމިކް ބޭންކުގެ ކާޑު މެޝިނު ބޭނުންވާ ފިހާރަތަކުން އެކަމަށް އެދުމުން، މެޝިނު ލިބޭނެ އެވެ. އަދި ފަހުގެ ޓެކްނޮލޮޖީއާ އެކު އަބަދު ވެސް ކަސްޓަމަރުންނާ ގުޅޭ އާ ކަންކަން ތައާރަފް ކުރަމުން އަންނާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.