ޓައިޕް 2 ޑައިބެޓީޒް މީހުންނަށް އިންޒާރެއް، ހެނދުނުގެ ނާސްތާ އަވަސްކުރޭ
ޓައިޕް 2 ޑައިބެޓީޒް މީހުންނަށް އިންޒާރެއް، ހެނދުނުގެ ނާސްތާ އަވަސްކުރޭ

ހަކުރު ބަލީގެ ޓައިޕް 2 ހުންނަ މީހުން ފަލަވުމަކީ މިހާރު ވަރަށް އާންމު މައްސަލައެކެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން މި ފަހުން ހެދި ދިރާސާއެއްގައި އޭގެ ބައެއް ސަބަބުތައް ވަނީ ހާމަކޮށްފަ އެވެ.

ޓައިޕް 2 ޑައިބެޓީޒް މީހުންނަށް އިންޒާރެއް، ހެނދުނުގެ ނާސްތާ އަވަސްކުރޭ
ޓައިޕް 2 ޑައިބެޓީޒް މީހުންނަށް އިންޒާރެއް، ހެނދުނުގެ ނާސްތާ އަވަސްކުރޭ

އެމެރިކާގެ ޝިކާގޯގެ އިލިއޯނިސް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނަނީ ޓައިޕް 2 ޑައިބެޓީޒް ހުންނަ މީހުން ހެނދުނުގެ ނާސްތާ ފަސްކުރުމަކީ ފަލަވުމަށް އޮތް ފުރުސަތެއް ކަމަށެވެ. އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން ލަހުން ހޭލާފައި، ރޭގަނޑު ލަހުން ނިދުމުގެ އާދަ ގެންގުޅޭ ނަމަ ފަލަވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޓައިޕް 2 ޑައިބެޓީޒް ހުންނަ މީހުންގެ ތެރެއިން އަވަހަށް ހެނދުނުގެ ނާސްތާކުރާ މީހުންނާއި ލަހުން ހޭލައިފައި ނާސްތާކުރާ މީހުންގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ދައްކަ އެވެ.

"ލަހުން ނާސްތާކުރާ މީހުންގެ ބީއެމްއައި މާ ބޮޑަށް ވެސް މަތިކޮށް ހުންނަކަން މީގައި ފާހަގަ ކުރެވުނީ،" ދިރާސާގައި އިސްކޮށް ހުރި ސިރިމޮން ރިއުޓްރަކުލް ވިދާޅުވި އެވެ.

ޑައިބެޓިކް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާ ގަޑިތައް އޮޅުންބޮޅުންވުމަކީ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. އެހެންވެ ވަކިން ހާއްސަކޮށް، ހަކުރި ބަލި ފަދަ ބަލިތައް ހުންނަ މީހުން އާންމުކޮށް ކާން ކަނޑައެޅިފައި އޮންނަ ވަގުތަކަށް ތަބާވުން މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން ކާން އޮންނަ ގަޑިތަަކަށް ފަރުވާތެރިވުމަކީ މީހާގެ ބަރުދަން ހުންނަން ޖެހޭ މިންވަރުގައި ހިފަހައްޓައި ދޭން ވެސް ބާރު އަޅާ ކަމެކެވެ.