މާލެ ތެރޭގައި ކިއުބްތަކެއް، މިއީ ކޮންކަމެއް؟
މާލެ ތެރޭގައި ކިއުބްތަކެއް، މިއީ ކޮންކަމެއް؟

މާލޭގެ އެކިއެކި ބުރުގައި މިހާރު ހަމަ ކުއްލިއަކަށް މި ފެންނަނީ ކޮން ކިއުބްތަކެއް ހެއްޔެވެ؟

މާލެ ތެރޭގައި ކިއުބްތަކެއް، މިއީ ކޮންކަމެއް؟
މާލެ ތެރޭގައި ކިއުބްތަކެއް، މިއީ ކޮންކަމެއް؟

ވަރަށް ގިނަ މީހުން އެ ސުވާލު އެބަ ކުރެ އެވެ. މިއީ ކޮން ކިޔުބްތަކެއް ހެއްޔެވެ؟ އާންމުކޮށް މި ގެންގުޅޭ ކުދި ކުދި ޕަޒްލް ކިޔުބްތައް ވަރަށް ބޮޑުކޮށް ހަދައި، ހަރުކޮށްފައި މި ހުރީ ކޮން ބޭނުމެއްގައި ހެއްޔެވެ؟

ރަސްފަންނާއި ގަޑިބުރުގައި ވެސް މީގެ ކިޔުބް ބަހައްޓާފައި އެބަހުއްޓެވެ. ދާރުލް އާސާރު ކުރިމަތީގައި ތަރައްގީކޮށްފައިވާ ޕާކުގައި ވެސް އަދި ހުޅުމާލޭގައި ވެސް އޭގެ ކިއުބެއް ހަރުކޮށްފައި އެބަހުއްޓެވެ.

ޓްވިޓާގައި ވެސް މި ކިޔުބްތައް އިޝްތިހާރު ކުރަމުން އެބަ ދެވެ. މިއީ ކޮން އެއްޗެއްކަން އެނގެނީ ވެސް ޓްވިޓާ އިން އެވެ.

"އުފާވެރި މާދަމާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭނަކީ ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެކެވެ. ނަމަވެސް ކެމްޕޭން ހިންގާ ފަރާތުން މި ކެމްޕޭނާ ގުޅޭ މައުލޫމާތުތައް އަދި ހާމަކުރާކަަށް ބޭނުމެއް ނުވެ އެވެ.

މި ކެމްޕޭނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ޓްވިޓާގެ އިތުރުން ފޭސްބުކްގެ "އުފާވެރި މާދަމާ" ޕޭޖުން އަދި UfaaveriMaadhamaa# ބޭނުންކޮށްގެން ލިބޭނެ އެވެ.