16 އެޕްރީލް 2018 - 18:45

ސައިކަލު ދުއްވާ ފަރާތްތަކަށް ހާއްސަކޮށްގެން، ސައިކަލުގެ "ސިއްހަތު" ހިލޭ ދެނެގަނެވޭ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ފިހާރައިން "ލިޓަސް ހެލްތް ޗެކް"ގެ ނަމުގައި ފަށާފައިވާ ޕްރޮމޯޝަން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ. ލިޓަސް އިން ބުނީ އެ ޕްރޮމޯޝަނުގައި މާލޭގައި ސައިކަލު ގެންގުޅޭ އެންމެންނަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ.
އެ ޕްރޮމޯޝަނުގައި ބައިވެރިވެ، ސައިކަލުގެ "ސިއްހަތު" ދެނެގަނެވޭނީ ހަދީބީމަގުގައި ހުންނަ ލިޓަސް ސާވިސް ސެންޓަރަށް ދިއުމުންނެވެ. އެތަނަށް ދިއުމުން މުޅިން ހިލޭ، ސައިކަލުގެ ބޭސިކް ކޮންޑިޝަން ޗެކް ކޮށްދޭނެ އެވެ.
"މިއީ ސައިކަލަށް ބަލައިގެން، ލޯބިން ސައިކަލު ގެންގުޅޭ ފަރާތްތަކަށް ރަނުގެ ފުރުސަތެއް. އަވަހަށް އަޅުގަނޑުމެންނާއެކު ހިލޭ ސައިކަލުގެ ހާލަތު ބައްލަވާލައްވާ،" ލިޓަސް އިން ނެރުނު ބަަޔާނެއްގައި ބުނެފައި ވެއެވެ.
- ސައިކަލުގެ ލައިޓާއި، ބަރުގޮނު އަދި ޓަޔަރު.
- ސައިކަލުގެ އަރިމަތީ ލޯގަނޑު، ރިއާ ސަސްޕެންޝަންސް އަދި ކޫލެންޓް ލެވަލް.
- ފުލުއިޑް ލީކްސް، ހެޑް ޝޮކް ބެއަރިންގްސް އަދި ފްރަންޓް އަދި ރިއާ ބްރޭކްސް.
- ޗެއިން ސޮކެޓްސް އަދި ވީލް ބެއަރިންގްސް.
މިއީ ލިޓަސްއިން މި ޕްރޮމޯޝަން ހިންގާ ދެ ވަަނަ ފަހަރެވެ. ލިޓަސް އިން ބުނީ ދެ ވަނަ ފަހަރަށް ޕްރޮމޯޝަން ހިންގަން ނިންމީ، ފުރަތަމަ ފަހަރު ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.