ދަރިންގެ ރައްކަލަކަށް އެމެރިކާ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް: ޗާލީޒް ތެރޮން
ދަރިންގެ ރައްކަލަކަށް އެމެރިކާ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް: ޗާލީޒް ތެރޮން

އެމެރިކާގައި މިހާރު ނަސްލީ ތަފާތުކުރުންތައް ބޮޑު ކަމަށާއި އެހެންވެ ދަރިންގެ ރައްކަލަކަށްޓަކައި އެމެރިކާ ދޫކޮށްލަން ޖެހިދާނެގެ ކަމުގެ ބިރު އެބަ އޮތް ކަމަށް ސައުތު އެފްރިކާ އަށް އުފަން ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޗާލީޒް ތެރޮން ބުނެފި އެވެ.

ދަރިންގެ ރައްކަލަކަށް އެމެރިކާ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް: ޗާލީޒް ތެރޮން
ދަރިންގެ ރައްކަލަކަށް އެމެރިކާ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް: ޗާލީޒް ތެރޮން

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ހޮލީވުޑްގެ އޭ ލިސްޓް ބަތަލާއިންގެ ތެރޭގައި ހިމެނޭ 42 އަހަރުގެ ތެރޮންއަކީ ކަޅު ނަސްލުގެ ދެ ކުދިން އެޑޮޕްޓްކޮށްގެން ގެންގުޅޭ މީހެކެވެ. އެއީ ހަ އަހަރުގެ ފިރިހެން ދަރިފުޅު ޖެކްސަން އާއި އަންހެން ދެ އަހަރުގެ ދަރިފުޅު އޮގަސްޓް އެވެ.

އެލް އަށް ދިން އިންޓަވިއުއެއްގައި ތެރޮން ބުނީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އައި ފަހުން، އެ ގައުމުގައި ނަސްލީ ތަފާތު ކުރުންތައް މިހާރު މާ ބޮޑު ކަމަށެވެ. އެހެންވެ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ބުންޏެވެ.

"އެއީ މިހާރު ވެސް އެއްވެސް މީހަކަށް ދެކޮޅު ހެދޭނެ ކަމެއް ނޫން. އާ ސަރުކާރާ އެކު އެމެރިކާގައި މިހާރު ނަސްލީ ތަފާތު ކުރުންތައް އަހަރެމެން ހީކުރާ ވަރަށް ވުރެ ބޮޑު،" ލޮސް އެންޖެލިސްގައި ދިރިއުޅޭ ބަތަލާ ބުންޏެވެ. "އަހަރެން މިހާރު ވަރަށް ކަންބޮޑުވޭ މި ތަނުގައި އަހަރެންގެ ދަރިންނަށް ރައްކާތެރިކަން ނުދެވޭނެތީ. އެ ހާލަތަށް ގޮސްފި ނަމަ، އަހަރެންގެ ދަރިންގެ ރައްކަލަށްޓަމައި އެމެރިކާ ދޫވެސްކޮށްލާނަން."

ތެރޮން ބުނި ގޮތުގައި އޭނާ ދަރިން އެޑޮޕްޓް ކުރީ ވެސް އެ ކުދިންނަށް ރައްކާތެރި އަދި އުފާވެރި މުސްތަގުބަލެއް ހޯދައި ދޭނެކަމުގެ ޔަގީންކަމާ އެކުގަ އެވެ.

"އެއީ އަހަރެންގެ ވައުދެއް. އެ ވައުދުގެ މަތީގައި ހުންނަން ކުރެވުނުހާ މަސައްކަތެއް އަހަރެން ކުރާނަން." ފިލްމް މޯންސްޓާ (2003) އިން އެންމެ މޮޅު ބަތަލާގެ އޮސްކާ ވެސް ހާސިލްކޮށްފައިވާ ތެރޮން ބުންޏެވެ.

މިދިޔަ މަހު ރިލީޒް ކުރި "ކްރިންޖޯ" އިން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 4 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމް "ޓުލީ" އިންނެވެ.