ރޮހިންޖާގެ ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް
ރޮހިންޖާގެ ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް

ނޭޕީޑޯ (އެޕްރީލް 15) - މިއަންމާގެ ރަކީން ސްޓޭޓުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިންގަން ފެށި ހަމަނުޖެހުންތަކުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ބަދަލުވި ހަތް ލައްކައެއްހާ ރެފިއުޖީންގެ ތެރޭން ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް ހިނގައްޖެ އެވެ.

ރޮހިންޖާގެ ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް
ރޮހިންޖާގެ ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް

މިއަންމާ ސަރުކާރުން ބުނީ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން މިއަންމާ އަށް އިއްޔެ އެތެރެވެފައިވާ ކަމަށާއި އެ މީހުންނަށް ބޭނުންވާނެ ތަކެއްޗާއި އައިޑީ ކާޑު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ މެޑިކަލް ހަދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަންމާ ސަަރުކާރުގެ ފޭސްބުކް ޕޭޖުގައި ވަނީ ފިރިހެނަކާއި ދެ އަންހެނުންނާއި ކުޑަ ކުއްޖަކަށް އައިޑީ ކާޑުތަކެއް ހަވާލުރާ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ. އެ މީހުންގެ މެޑިކަލް ޗެކް ކުރާ މަންޒަރާއި ސިފައިން އިންޓަވިއު ކުރާ ފޮޓޯތައް ވެސް ވަނީ ފޭސްބުކުގައި ޖަހައިފަ އެވެ. ރޮހިންޖާ އާއިލާ އަށް އައިޑީ ކާޑު ދިން ނަމަވެސް "ރޮހިންޖާ" އެ ބަސް ލިޔެފައެއް ނުވެ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ މުސްލިމް އާއިލާ އަށް ދީފައި ވަނީ "ނޭޝަނަލް ވެރިފިކޭޝަން ކާޑް" ކަމަށެވެ.

މިއަންމާގެ ފުރަތަމަ އާއިލާ އެނބުރި ދިޔަ އިރު އދ.ގެ ރެފިއުޖީ އެޖެންސީން ބުނެފައި ވަނީ ރެފިއުޖީން އެނބުރި ގޮސް ދިރިއުޅެން ރަކީން ސްޓޭޓުގެ ހާލަތު ރައްކާތެރި ނޫން ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ރަނގަޅު ކަމަށް ދެއްކުމަށް މިއަންމާ އިން ތަކުރާރުކޮށް ވަނީ އެތައް މަސައްކަތެއް ކޮށްފަ އެވެ. މިއަންމާ ސިފައިން ކުށެއް ނުކުރާ ކަމަށް ބުނި ނަމަވެސް މި މަހު ކުރީކޮޅު ވަނީ މުސްލިމުންގެ ބަޔަކު ގަތުލް ކުރި މިއަންމާ ސިފައިންގެ ހަތް މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އވެ.