14 އެޕްރީލް 2018 - 19:21

އެ މީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލަ އަށް ކަނޑައެޅޭ ގޮތަށް ދިރާގުން އުފެއްދި މޯބައިލް ޕްރީޕެއިޑް ޕްލޭން "މަމެން"އާ ގުޅިގެން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލަ އަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ.

ދިރާގުން އިއްޔެ ހަވީރުން ފެށިގެން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮމޯޝަނުގައި ކުރިން މަމެން އެޕުން ލިބޭ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސްގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިއުޒިކާއި ތަފާތު ހުނަރު ދައްކާލާ ވަރަށް ކުލަ ގަދަ އިވެންޓްތައް މާލެއާއި އެހެން ރަށްތަކުގައި އެ ކުންފުނިން ކުރިއަށް ގެންދެ އެވެ.
މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެވޭނީ އެޕް ފޯނަށް ޑައުންލޯޑްކުރުމަށް ފަހު ޕްލޭންގައި ބައިވެރިވެގެނެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭ އިރު އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަން ޖެހެ އެވެ. މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެ އެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް ކުރުކޮށް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރު މެދުވެރިކޮށް ގަނެވޭނެ އެވެ. އާރްބީއަކީ ގިނަ ދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެ އެވެ.
މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާ ޕާޓްނަ ވެގެން މަމެނިއާސް އަށް ހާއްސަ ޑިސްކައުންޓަކާއި އޮފަތައް ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ. މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފާތައް އެ ޕާޓަނާ ވިޔަފާރިތަކުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.