އިންޑިއާގައި އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ނުރުހުން ފާޅުކުރަނީ
އިންޑިއާގައި އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ނުރުހުން ފާޅުކުރަނީ

ޖައްމޫ (އެޕްރީލް 13) - ގޭންގަކުން ރޭޕްކޮށް، އަށް އަހަރުގެ ކުއްޖަކު މަރާލުމާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ނުރުހުން ފާޅު ކުރަން ފަށައިފި އެވެ.

އިންޑިއާގައި އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ނުރުހުން ފާޅުކުރަނީ
އިންޑިއާގައި އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ނުރުހުން ފާޅުކުރަނީ

ކަޝްމީރުގެ ސިޓީއަކަށް ނިސްބަތްވާ އާސިފާ ބާނޯ މަރާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ މި ހަފުތާގަ އެވެ. އެއީ ހިންދޫންގެ އަށް މީހުން ހައްޔަރު ކުރުމާ ގުޅިގެން ކަނާތު ފިޔައިގެ ހިންދޫ ގްރޫޕްތަކުން ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އާސިފާގެ މަރުގެ ތުހުމަތުގަ އެވެ. ހައްޔަރު ކުރި އަށް މީހުންގެ ތެރޭގައި ފުލުހުންގެ ހަތަރު މީހުންނާއި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

ހައްޔަރު ކުރި ހިންދޫންގެ ދިފާއުގައި ބޭއްވި އެއްވުމެއްގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ދެ މިނިސްޓަރަކު ބައިވެރިވުމުން ވެސް އެއްބައެއްގެ ރުޅިވެރިކަން ވަނީ ބޮޑުވެފަ އެވެ.

ބައެއް މީހުން ޓްވިޓާގައި ޚިޔާލު ފާޅުކޮށްފައިވާ ގޮތުގައި އާސިފާގެ މަރަށް އިންސާފު ނުލިބޭ އިރު އެ މަރުގެ ތުހުމަތުގައި ހިންދޫންގެ ބަޔަކު ހައްޔަރު ކުރުމުން އެ މީހުންގެ ދިފާއުގައި ނުކުންނަން ނުޖެހޭ ކަމަށެވެ. ދިއްލީ ކޮމިޝަން ފޯ ވިމެންގެ އިސްވެރިއެއް ކަމަށްވާ ސްވާތީ މަލިވާލް ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންގެ ސަލާމަތަށް ޑިމާންޑް ކުރުމުގެ ގޮތުން ހުކުރު ދުވަހުން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އޭނާ ފަށާނެ ކަމަށެވެ. ދިއްލީ އާއި އެހެން ހިސާބުތަކުގައި ވެސް މި ހަފުތާގެ ބަންދުގައި މުޒާހަރާތައް ކުރުމަށް ވަނީ ނިންމައިފަ އެވެ.