14 އެޕްރީލް 2018 - 07:52

މިހާރަކަށް އައިސް އެކި ފާޑުފާޑުގެ ބޮކި ލިބެން ހުރެއެވެ. ބޭނުން ސައިޒަކުން ނުވަތަ ކުލަޔަކުން ބޮކި ވިއްކަން ހުރެއެވެ. ބޮކީގެ އެކި ވައްތަރުތަކުގެ ތެރެއަށް އެންމެ ފަހުން އިތުރުވީ ސްމާޓްބަންޗެވެ.
މިއީ ބޭނުން ގޮތަކަށް ފަރުމާކުރެވޭ ގޮތަށް އުފައްދާފައިވާ ބޮތްކެކެވެ. މި ބޮކި ހުންނަނީ ތިނެސްކަން ފޮތިތަކެއްހެނެވެ. އެއް ފޮތި އަނެއް ފޮއްޗާ ގުޅުވައިދެނީ ދަގަތްފާނުގެ ބާރުންނެވެ.
ސްމާޓްބަންޗު ބޮކީގެ ކަރަންޓާ ގުޅުވާ ތިނެސްކަން ފޮތި ތަފާތު ތިން ގޮތަކަށް ހުރެއެވެ. އާދައިގެ ބޮކި ހަރުކުރާ ގޮތަށް ވެސް ހަރުކުރެވެއެވެ. މޭޒުމަތީ ބަހައްޓާ ބައްތި ހަރުކުރާ ގޮތަށާއި ފަންގިފިލާގައި ހަރުކުރާ ގޮތަށް ވެސް ސްމާޓްބަންޗް ބޮކީގެ ކަރަންޓުފޮތި ފަރުމާކޮށްފައިވެއެވެ. އެހެން ހުރިހައި ފޮއްޗެއް ހުންނަނީ މައި ފޮތިން އަންނަ ކަރަންޓުން ދިއްލޭ ގޮތަށެވެ. ކޮންމެ ފޮއްޗެއްގައިވެސް ހުންނަނީ ފަނޑު އަލިކަމެކެވެ.
މި ބޮކި ފަރުމާކޮށްފައިވަނީ ހަމައެކަނި ތްރީޑީ ބައްޓަމަށް އަތުރާ ގޮތަކަށް ނޫނެވެ. ޗާޖުކޮށްގެން ވަޔަލަސްކޮށް ވެސް ބޭނުންކުރެވޭތީ ޓޯޗެއްގެ ބޭނުމަށް ވެސް ފުދެއެވެ. ނުވަތަ އައިސްއަލަމާރީގައި ހަރުކުރާ ދިއްލޭ ދަގަތްފާނުކޮޅެއްހެން ވެސް ގެންގުޅެވެއެވެ.