15 އެޕްރީލް 2018 - 06:37

އިށީނދެ އިނދެގެން މަސައްކަތްކުރާ މީހުން މިކަމާ ދޭތެރޭ މާ ބޮޑަށް ވެސް ފަރުވާ ބަހައްޓަން ވާނެ އެވެ. މާ ގިނައިރު ވަންދެން އިށީނދެ އިންނަ ނަމަ ބަނޑުލުން ފަދަ މައްސަލަތައް ދިމާވާކަމީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ.
އެކަމަކު މިހާރު އެއަށް ވުރެ މާ ނުރައްކާތެރި ވާހަކައެކެވެ.
ދިރާސާއެއްގައި ބުނަނީ މާގިނަ އިރު އިށީނދެ އިނުމަކީ ބީރު ވެސް ވެދާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ހަނދާން ނެތުން ފަދަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް އެމެރިކާގެ ކެލިފޯނިއާ ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުންޏެވެ.
އެ ދިރާސާގައި ބުނާ ގޮތުން މާ ގިނަ އިރު އިށީނދެގެން އިންނަ ނަމަ ޑިމެންޝިއާ އަށް މީހާ ހުށަހެޅުމުގެ އިތުރުން ބީރު ވުމުގެ ނުރައްކާ އެންމެ ބޮޑީ މެދުއުރުގެ މީހުންނަށެވެ.
އެހެންވެ ކުރާ މަސައްކަތުގެ ގޮތުން، ގިނަ އިރު ވަންދެން އިށީނދެގެން އިންނަން ޖެހުނަސް ދޭތެރެ ދޭތެރެއިން ތެދުވެ ހިނގާލައި، ހަރަކާތްތެރިވެލުން މުހިއްމު ކަމަށް ދިސާރާގައި ފާހަގަކުރި އެވެ
ޕްލޯސް ވަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ހަރަކާތްތެރިކަން ކުޑަވާ ގޮތަށް ގިނަ އިރު ވަންދެން އެއްތާކު އިށީނދެ އިނުމަކީ ސިކުނޑީގެ ހިނގުމަށް ވެސް ބުރޫ އަރާނެ ކަމެކެވެ.
"އެހެންވެ ވަރަށް މުހިއްމު ކަމެއް ހަރަކާތްތެރިކޮށް އުޅުމަކީ. ސިކުނޑީގެ ސެލްތައް ބަރާބަރަށް ހިނގުމަށް ޖިސްމާނީ ގޮތުން މީހާ ހެލިފެލިވެ އުޅުން ވަރަށް ވެސް މުހިއްމު،" ދިރާސާގައި ބުންޏެވެ.