12 އެޕްރީލް 2018 - 23:23

ކޮލަމްބޯ (އެޕްރީލް 12) - ސްރީ ލަންކާގެ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓް ސަސްޕެންޑްކޮށްފައި މި ވަނީ ކޯލިޝަން ސަރުކާރުގެ ތެރޭގައި މައްސަލަތައް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. އަދި ކެބިނެޓަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގަ އެވެ.
"މިރޭ 12 އިން ފެށިގެން މެއި މަހު 8 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކުރުމަށް ސިރިސޭނާ ވަނީ ނިންމަވާފައި،" ރައީސްގެ ސެކްރެޓަރީ އައޮސްޓިން ފެނާންޑޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިރިސޭނާ އެ ފިޔަވަޅު އެޅުއްވީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. ޕާލަމެންޓް ސަސްޕެންޑްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެކޮޅަށް ޕާލަމެންޓުގައި ވޯޓު ދިން ސިރިސޭނާގެ އެސްއެލްއެފްޕީގެ 16 މިނިސްޓަރުން އިއްޔެ ވަނީ އިސްތިއުފާ ދީފަ އެވެ. އިސްތިއުފާ ދިން މެންބަރުން ވަނީ ކޯލިޝަން ސަރުކާރުން އެސްއެލްއެފްޕީ ވަކިވުމަށް ވެސް ގޮވާލައިފަ އެވެ.