އަގުހުރި އިނާމުތަކާ އެކު ކްލިކް ކޮމްޕިއުޓާސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
އަގުހުރި އިނާމުތަކާ އެކު ކްލިކް ކޮމްޕިއުޓާސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އަގުހުރި އިނާމުތަކާ އެކު ކްލިކް ކޮމްޕިއުޓާސްގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރު ވިއްކަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، ކްލިކް ކޮމްޕިއުޓާސް އިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ޖޫން 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި ރޯދަ ޕްރޮމޯޝަނަށް މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ތަނުން ބުންޏެވެ.

ކްލިކް ކޮމްޕިއުޓާސްގެ ޖެނެރަލް މެނޭޖަރު ރިފާޝާ ފާއިޒް ވިދާޅުވީ، އެ ކުންފުނީގެ ހުރިހާ ޝޯ ރޫމަކުން ކުރާ 2،500ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އެ ގުރުއަތު ނަގައި އަގު ހުރި އިނާމުތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްލިކް ކޮމްޕިއުޓާސްގެ ހުރިހާ ޝޯ ރޫމަކުން ކުރާ 2،500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް މި ދެނީ. އޭގެ ތެރެއިން ފަސް ކޫޕަނެއް ނެގުމަށް ފަހު ޖުމްލަ 50،000ރ. ގެ އަގު ހުރި އިނާމުތައް ދެނީ،" ރިފާޝާ ވިދާޅުވި އެވެ.

އެ އިނާމުތަކުގެ ތެރޭގައި އަސުސް ލެޕްޓޮޕާއި ސެމްސަންގް ޓީވީ އާއި އަސުސްގެ ޓްރާންސްފޯމާ ބުކް އާއި ޓެބްލެޓް އަދި ޒެންފޯން ހިމެނެ އެވެ.

ކްލިކް ކޮމްޕިއުޓާސްގެ ދެ ޝޯ ރޫމުން ކޮލިޓީ އުފެއްދުންތައް ވިއްކާއިރު އެތަނުގެ ސާވިސް ސެންޓަރުން، އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)އާ ގުޅުން ހުރި އެންމެ ފަހުގެ ހިދުމަތްތައް ލިބޭނެ އެވެ.