ސުނިލް ޝެޓީ ދަރިފުޅު އާތިޔާއާ އެކު އިޝްތިހާރަކަށް
ސުނިލް ޝެޓީ ދަރިފުޅު އާތިޔާއާ އެކު އިޝްތިހާރަކަށް

އަނިލް ކަޕޫރް، ދަރިފުޅު ސޯނަމް ކަޕޫރާ އެކު، މިހާރު ފިލްމެއް ކުޅެމުން އަންނަ އިރު، ސުނިލް ޝެޓީ އޭނާގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީއާ އެކު، ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ. އެކަމަކު ސުނިލް އާއި އާތިޔާ އެކުގައި ފެނިގެން ދާނީ ފިލްމަކުންނެއް ނޫނެވެ.

"ދަޅްކަން" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު އޭނާގެ ދޮށީ އަންހެން ދަރިފުޅާ އެކު ފުރަތަމަ ފަހަރަށް ސްކްރީން ހިއްސާކުރާނީ އަންހެން ކުދިންނަށް ތައުލީމު ދިނުމުގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުން ހިންގާ ކެމްޕޭނަކަށް ތައްޔާރުކުރާ ވީޑިއޯއަކުންނެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން އާތިޔާ ބުނީ އަންހެނުން ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތެއްގައި ބައްޕައާ އެކުގައި ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެމެންގެ އާއިލާއަކީ އަބަދު ވެސް އަންހެނުންގެ ހައްގުތަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ އާއިލާއެއް. އަންހެނުންނާއި އަންހެން ކުދިންނަށް ފުރުސަތުތައް ހޯދައިދީ ކުރިއަށް ދާން ކުރާ މަސައްކަތަކީ އަހަރެން އަބަދު ވެސް ވަރަށް އސްކަން ދޭ ކަމެއް،" އާތިޔާ ބުންޏެވެ.

އޭނާ ބުނީ އެންމެ މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ. ބައްޕައާ އެކު މަސައްކަތްކޮށްލަން ލިބޭތީ އެވެ.

"ބައްޕައަކީ ކެމެރާގެ ކުރިމައްޗަށް ނުކުންމަ ކަމަށް ވަންޏާ އަބަދު ވެސް އެކަމަށް ވަރަށް ތައްޔާރުވެގެން ޑިސިޕްލިންއާ އެކު ނުކުންނަ މީހެއް،" އާތިޔާ ބުންޏެވެ. "އެހެންވެ އަހަރެން ވެސް އެ ވަރަށް ތައްޔާރުވާނަން ބައްޕައާ އެކު މަސައްކަތް ކުރަން."

އާތިޔާ، 25، ބޮލީވުޑަށް ތައާރަފުވީ ސަލްމާން ހާން 2015 ގައި ޕްރޮޑިއުސް ކުރި ފިލްމް "ހީރޯ" އިން އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީއާ އެކުގަ އެވެ. އޭގެ ފަހުން އޭނާ ފެނިފައި ވަނީ މިދިޔަ އަހަރު ނުކުތް އަރްޖުން ކަޕޫރްގެ "މުބާރަކަން" އިންނެވެ.