ބްރެޒިލްގެ ޖަލެއް ފަޅާލައި ފިލަން އުޅުމުގެ ތެރޭގައި 20 މީހުން މަރު
ބްރެޒިލްގެ ޖަލެއް ފަޅާލައި ފިލަން އުޅުމުގެ ތެރޭގައި 20 މީހުން މަރު

ސައޮ ޕޯލޯ (އެޕްރީލް 11) - ބްރެޒިލްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ބެލެމްގެ ޖަލެއް ފަޅާލައިގެން ގައިދީން ފިލަން އުޅުމުގެ ތެރޭގައި 20 މީހުން މަރުވެއްޖެ އެވެ.

ބްރެޒިލްގެ ޖަލެއް ފަޅާލައި ފިލަން އުޅުމުގެ ތެރޭގައި 20 މީހުން މަރު
ބްރެޒިލްގެ ޖަލެއް ފަޅާލައި ފިލަން އުޅުމުގެ ތެރޭގައި 20 މީހުން މަރު

އެ މީހުން ފިލަން އެހީވެފައި ވަނީ ޖަލު ބޭރުގައި ތިބި ހަތިޔާރު އެޅި ގްރޫޕެކެވެ. އެ ގްރޫޕް މީހުން ވަނީ ގޮވާތަކެތި ހަރުކޮށްގެން ޖަލުގެ ފާރު ގޮއްވާލައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޖަލުގެ ގާޑަކު ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ގައިދީންނާއި އެ މީހުންނަށް ޖަލު ބޭރުން އެހީވި މީހުންނެވެ. ހަތަރު ގާޑަކު ވަނީ ޒަޚަމްވެފަ އެވެ.

ޖަލުގެ ގާޑުން ވަނީ ޖަލު ބޭރުން ހަމަލާ ދިން މީހުން ވަށާލައިފަ އެވެ. ޖަލު ތެރޭންނާއި ޖަލު ބޭރުން އެ މީހުންނަށް ވަނީ ހަމަލާދީފަ އެވެ.

ކަމާ ބެހޭ ފަރާތްތަކުން މިހާރު ބަލަމުން ދަނީ އެއްވެސް ގައިދީއަކު ޖަލުން ފިލިތޯ އެވެ.

ބްރެޒިލްގެ އެމޭޒަން ސަރަހައްދުގެ ޖަލެއްގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމުގައި ވަނީ 56 މީހުން މަރުވެފަ އެވެ.