15 އެޕްރީލް 2018 - 06:34

"ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ބަތަލާއިންނާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވުމަށް ފަހު، އޭގެ ބަތަލާއިންނަކީ ކޮބައިކަން އިއުލާންކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ޝޫޓިން ފެށި ފިލްމްގައި ޓައިގާ ޝްރޮފާއާ އެކު ބަތަލާއިންގެ ގޮތުގައި އުޅޭނީ ޗަންކޭ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.
ތާރާ ވަނީ މީގެ ކުރިން ޑިޒްނީ ޗެނެލްގެ ބައެއް ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ބިގް ބަޅާ ބޫމް (2010)، ސޫޓް ލައިފް އޮފް ކަރަން އެންޑް ކަބީރް (2012) އަދި އޯޔޭ ޖެސީ (2013) ފާހަގަކޮށްލެވެ އެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ 2012 ގައި ކަރަން ޖޯހަރް ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމްފެ ދެވަނަ ބައެވެ. އެކަމަކު މުޅިން ތަފާތު ކާސްޓަކާ އެކު މި ފަހަރު ފިލްމް ޑައިރެކްޓް ކުރަނީ ހައި ހޭޓް ލަސް ސްޓޯރީ (2010) ގެ ޑައިރެކްޓަރު ޕުނިތު މަލްއުތުރާ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރީ 2013 ގައި ރިލިޒް ކުރި "ގޯރީ ތޭރީ ޕިޔާރް މޭ" އެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ" އަކީ ބޮލީވުޑްގައި މިހާރު އެންމެ ވިދާ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފު ކުރި ފިލްމެކެވެ. ކޮޖެލް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމަލީ 59 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އަދި ފިލްމަށް ބޮކްސް އޮފީހުގައި 96.66 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ގަ އެވެ.