ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދެއްކުމުން 1،500ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދެއްކުމުން 1،500ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދެއްކުމުން 1،500ރ. އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދެއްކުމުން 1،500ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ދިރާގު ޕޭ އިން ޓެކްސީއަށް ފައިސާ ދެއްކުމުން 1،500ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިން ތައާރަފްކޮށްފައިވާ ދިރާގު ޕޭގެ ޕްރޮމޯޝަންގެ ދަށުން، އެ ހިދުމަތް މެދުވެރިކޮށް 25 ޓެކްސީ ދަތުރަށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުއަތެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. އަދި މި ގުރުއަތުން ހޮވޭ ނަސީބުވެރި ދިހަ ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލެޓަށް 1،500ރ. ޖަމާކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މާލޭގަ އެވެ. އަދި މި ޕްރޮމޯޝަނުގެ މުއްދަތު ހަމަވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.

ދިރާގުން ތައާރަފްކޮށްފައިވާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދެއްކުމުގެ އިތުރުން އެހެން އެތައް ހިދުމަތެއް ހޯދަން ބޭނުންކުރެވެ އެވެ.

އެ ކުންފުނިން އެ ހިދުމަތް ތައާރަފްކޮށްފައި ވަނީ މޯބައިލް ފޯނާއި އެންއެފްސީ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތަކަށް ފަސޭހައިން ފައިސާ ދެއްކޭ ގޮތަށާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭ ގޮތަށެވެ.

ދިރާގު ޕޭ ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. އަދި މި ހިދުމަތް ލިބޭ 100 އަށް ވުރެ ގިނަ ވިޔަފާރިކުރާ ތަންތަން ހުރެ އެވެ.