ނާބޮކްސް: ލެޕްޓޮޕްގެ ބަދަލުގައި ބޭނުންކުރެވިދާނެ
ނާބޮކްސް: ލެޕްޓޮޕްގެ ބަދަލުގައި ބޭނުންކުރެވިދާނެ

މަސައްކަތްތަކަށް ފީލްޑަށް ނުވަތަ ބޭރަށް ނުކުންނައިރު އަގުބޮޑު ލެޕްޓޮޕް ހިފައިގެން ދާން ޖެހުމަކީ ކަންބޮޑުވާ ކަމެކެވެ. ފޮޓޯނެގުމާއި ވީޑިއޯކުރުން ފަދަ ކަންކަމުގައި ލެޕްޓޮޕްގެ ބޭނުން ކޮންމެ ފަދަ ތަނެއްގައި ވެސް ކުރަންޖެހިދާނެ އެވެ.

ނާބޮކްސް 2.0 އެސްއެސްޑީއަކީ މަސައްކަތު މާހައުލުގައި ގެންގުޅެން ރައްކާތެރި ޑިވައިސްއެކެވެ. ނަގާ ފޮޓޯތަކާއި ވީޑިޔޯތައް ފަސޭހައިން އެއަށް ކަހާލެވެއެވެ. އެ ޑިވައިސް އަކީ އޭގެ ޒާތުގައި ވައިފައި އެކުލެވޭ ޑިވައިސް އަކަށް ވާތީ 3ޖީ ނޫނީ 4ޖީ ފެންވަރުގައި މި ޑިވައިސް ގެންގުޅެވެއެވެ. ނާބޮކްސް މަސައްކަތްކުރާނީ މޯބައިލް އެޕްގެ އެހީގައެވެ. ފޮޓޯ އެޑިޓްކުރުމާއި އެއްތަނުން އަނެއް ތަނަށް ޓްރާންސްފާކުރުމާއި އެއްފަހަރާ އެތައް ކަމެއް މީގެ ތެރެއިން ނިންމާލެވެއެވެ.

އަތަށް ހެޔޮވަރު ގެންގުޅެން ލުއި އަދި ކޮންމެ ތާކު ވެސް ގެންގުޅެވޭ ނާބޮކްސްގައި 1 ޓެރަބައިޓްގެ ފައިލް ރައްކާކުރެވެއެވެ. މީގެ އިތުރުން މި ޑިވައިސްގައި 4 ޖީބީގެ ރެމްއަކާއި ކޮޑްކޯ 2.4 ގިގަހާޓްޒްގެ ޕްރޮސެސާއެއް ހިމެނެއެވެ. މީގެ އެންމެ ހާއްސަ ކަމަކީ މިއަށް ކެމެރާގެ މެމޮރީ ކާޑު ލައްވާލުމުން ވައިފައިގެ ތެރެއިން ނާބޮކްސްއަށް ވަދެ، އޭގެ ޕްރޮސެސަރުގެ އެހީގައި ފޯނުން ނުވަތަ ޓެބްލެޓުން ފޮޓޯތައް އެޑިޓްކޮށްލެވުމެވެ.