އެޕަލްގެ ރަތް އައިފޯންގެ އާ ވާޝަނެއް ހުކުރު ދުވަހު ނެރެނީ
އެޕަލްގެ ރަތް އައިފޯންގެ އާ ވާޝަނެއް ހުކުރު ދުވަހު ނެރެނީ

އެޕަލް ކުންފުނިން މީގެ ކުރިން ވެސް ނެެރެފައިވާ ރަތް ކުލައިގެ އައިފޯންގެ އާ ވާޝަނެއް ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި، އަންނަ ހުކުރު ދުވަހު ނެރެން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

އެޕަލްގެ ރަތް އައިފޯންގެ އާ ވާޝަނެއް ހުކުރު ދުވަހު ނެރެނީ
އެޕަލްގެ ރަތް އައިފޯންގެ އާ ވާޝަނެއް ހުކުރު ދުވަހު ނެރެނީ

އެޕަލް އިން ބުނި ގޮތުގައި މި ފަހަރު ރަތް ފޯން ނެރެނީ "އައިފޯން 8 އަދި އައިފޯން 8 ޕްލަސް ރެޑް ސްޕެޝަލް އެޑިޝަން" ގެ ނަމުގަ އެވެ. މި ފޯންތަކުގައި ވެސް ހުންނާނީ އެންމެ ފަހުން އެޕަލް އިން ނެރުނު އައިފޯންތަކުގައި ހުރި ފީޗާސްތަކެވެ.

ރަތް ފޯނުގެ އާ ވާޝަނެއް ހުކުރު ދުވަހު ނެރެން ނިންމުމަށް ފަހު، ރަތް އައިފޯންގެ ކަވަރު ގަންނަން ލިބޭ ގޮތަށް ވެސް އެޕަލް އިން ވަނީ ހަމަޖައްސައިފަ އެވެ.

އެ ކުންފުނިން ބުނީ މި ފަހަރު ފޯން ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ޔޫ2 ބޯނޯސް އިން އެއިޑްސް އާއި ޓީބީ އަދި މެލޭރިއާ ބަލި ނައްތައިލަން ކުރާ މަސައްކަތްތަކަށް ކަމަށެވެ.

މީގެ ކުރިން ވެސް އެޕަލް އިން ވަނީ ރަތް އައިފޯން ވިއްކައިގެން ލިބުނު 160 މިލިއަން ޑޮލަރު، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީގެ ގޮތުގައި ދީފަ އެވެ.