ދުނިޔޭގެ އެންމެ ރީތި ފިރިހެނަކަށް އިންޑިއާގެ ރޯހިތު ކަންޑެލްވާލް
ދުނިޔޭގެ އެންމެ ރީތި ފިރިހެނަކަށް އިންޑިއާގެ ރޯހިތު ކަންޑެލްވާލް

އިންޑިއާ މީހަކަށް ފުރަތަމަ ފަހަރަށް މިސްޓަ ވޯލްޑްގެ ފަޚުރުވެރި މަގާމު ލިބިއްޖެ އެވެ. އިނގިރޭސިވިލާތުގެ ސައުތުޕޯޓްގައި ރޭ ބޭއްވި މިއަހަރުގެ މިސްޓަ ވޯލްޑް މުބާރާތުގެ ގްރޭންޑް ފިނާލޭގައި އިންޑިއާގެ މޮޑެލް އަދި އެކްޓަރު ރޯހިތު ކަންޑެލްވާލް އެއްވަނަ ހޯދީ މުބާރާތުގެ 46 ބައިވެރިންނާ ވާދަކޮށްގެންނެވެ.

ދުނިޔޭގެ އެންމެ ރީތި ފިރިހެނަކަށް އިންޑިއާގެ ރޯހިތު ކަންޑެލްވާލް
ދުނިޔޭގެ އެންމެ ރީތި ފިރިހެނަކަށް އިންޑިއާގެ ރޯހިތު ކަންޑެލްވާލް

ރޯހިތަކީ ހަމައެކަނި މިސްޓަ ވޯލްޑް ލިބުނު އިންޑިއާ މީހާއެއް ނޫނެވެ. އޭޝިއާ މީހަކަށް ވެސް މި މަގާމް މީގެ ކުރިން ލިބިފައެއް ނުވެ އެވެ.

ދުނިޔޭގެ އެންމެ ރީތި ފިރިހެނަކަށް އިންޑިއާގެ ރޯހިތު ކަންޑެލްވާލް
ދުނިޔޭގެ އެންމެ ރީތި ފިރިހެނަކަށް އިންޑިއާގެ ރޯހިތު ކަންޑެލްވާލް

ރޯހިތު، 26، ބުނި ގޮތުގައި މިސްޓަ ވޯލްޑް 2016 ކާމިޔާބު ކުރެވުމަކީ އޭނާއަށް ލިބުނު ބަޔާންނުކުރެވޭ ވަރުގެ ބޮޑު އުފަލެކެވެ. އަދި އޭނާއަށް ހެޔޮ އެދުނު ހުރިހާ ފަރާތްތަކަށް ރޯހިތު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިސްޓަ ޕޯޓެ ރިކޯ، ފާނަންޑޯ އަލްވާރެޒް، 21، އަށް ފުރަތަމަ ރަނަރަޕްކަން ލިބުނުއިރު ދެވަނަ ރަނަރަޕް އަކީ މިސްޓަ މެކްސިކޯ އަލްޑޯ އެސްޕްރާޒާ ރަމިރޭޒް، 26، އެވެ.

މި ލަގަބު ހާސިލުކުރުމަށް ފަހު ރޯހިތު ވަނީ 2014 އަހަރުގެ މިސްޓަ ވޯލްޑް ނިކްލަސް ޕެޑާސަންއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. އަދި އިންޑިއާ މީހަކަށް އަދި ޚާއްސަކޮށް އޭޝިއާ މީހަކަށް މިމަގާމު ލިބުނު ފުރަތަމަ މީހާގެ ޝަރަފު ލިބުނީތީ އުފަލާއެކު އެކަން ބަލައިގަންނަ ކަމަށް ބުނެފައިވެ އެވެ.