ވިޝާލް ބަރަދްވާޖްގެ "ޗޫޅިޔާން" އިން ވެސް ޓީވީ ބަތަލާއަކު ބޮލީވުޑަށް ނެރެނީ
ވިޝާލް ބަރަދްވާޖްގެ "ޗޫޅިޔާން" އިން ވެސް ޓީވީ ބަތަލާއަކު ބޮލީވުޑަށް ނެރެނީ

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުންނަ ތަރިން އިތުރުވަމުން އަންނަ އިރު، މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އާ ފިލްމް "ޗޫޅިޔާން" އިން ވެސް ޓީވީ ބަތަލާއަކު ތައާރަފު ކުރަން ނިންމައިފި އެވެ.

ވިޝާލް ބަރަދްވާޖްގެ "ޗޫޅިޔާން" އިން ވެސް ޓީވީ ބަތަލާއަކު ބޮލީވުޑަށް ނެރެނީ
ވިޝާލް ބަރަދްވާޖްގެ "ޗޫޅިޔާން" އިން ވެސް ޓީވީ ބަތަލާއަކު ބޮލީވުޑަށް ނެރެނީ

އަންހެން ދެބެއިންގެ ގުޅުމެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަށް މީގެ ކުރިން އާމިރް ހާންގެ "ޑަންގަލް" ގައި އޭނާގެ ދަރިއެއްގެ ރޯލް ކުޅުނު ސާނިޔާ މަލްއުތުރާ ވަނީ ސޮއިކޮށްފަ އެވެ. ސާނިޔާ ދާދި ފަހުން ވަނީ އަޔޫޝްމަން ކްރާނާ އެކު ކުޅޭ ފިލްމް "ބަދާއީ ހޯ" ގެ ޝޫޓިން ވެސް ނިންމައިފަ އެވެ.

އޭނާއާ އެކު "ޗޫޅިޔާން" އިން ބޮލީވުޑަށް ތައާރަފު ކުރާނީ ކަލާޒުން ދެއްކި މަގުބޫލު ޓީވީ ސިލްސިލާ "މެރީ އާޝިގީ ތުމް ސޭ ހީ" ގެ ބަތަލާ ރާދިކާ މަދަން، 22، އެވެ.

"ޗޫޅިޔާން" ގެ ކާސްޓަށް އޭނާ ގެނައީ ބަތަލާއަކު ހޯދަން ވިޝާލްގެ ޓީމުން ކުރިއަށް ގެންދިޔަ އޮޑިޝަނުގައި ބައިވެރިވި 60 އަންހެނުންގެ ތެރެއިންނެވެ. ރާދިކާ ވަނީ ކަލާޒުން 2015 ގައި ގެނެސް ޑާންސް ޝޯ "ޖަލަކް ދިކްލާޖާ: ރިލޯޑެޑް" ގައި ވެސް ވާދަކޮށްފަ އެވެ.

އާ ފިލްމާ ބެހޭ ގޮތުން "ކަމީނޭ" އާއި "މަގުބޫލް" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ވިޝާލް ބުނީ "ޗޫޅިޔާން" ގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ. ދެ ދައުރެއް ދައްކުވައިދޭ ފިލްމްގެ މަންޒަރުތަކެއް މައުންޓް އަބޫގައި ވެސް ނަގަން ވަނީ ހަމަޖެހިފަ އެވެ.

"ޗޫޅިޔާން" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމަކީ ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު ހައިދަރް (2014) އަށް ފަހު، ވިޝާލް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.