09 އެޕްރީލް 2018 - 07:08

ފުރަތަމަ މި ސުވާލުތަކަށް ޖަވާބު ދީބަލާށެވެ. ރޭގަނޑު ނިދަނީ ފޯނު ޗާޖަރަށް ޖަހާފައި ހެއްޔެވެ؟ ފޯން ސަތޭކަ ޕަސެންޓަށް ޗާޖް ކުރަން ކިހާ އިރެއް ވަންދެން ބާއްވަން ހެއްޔެވެ؟ އެއްކޮށް ޗާޖް ވަންދެން ބާއްވާ ކަމަށް ބުނާ ނަމަ ފަހަރެއްގައި އެއީ މައްސަލައެކެވެ.

މި ކިޔައިދެނީ ބެޓެރީ ޔުނިވަސިޓީ ކިޔާ ކުންފުންޏަކުން ކުރި ދިރާސާއެއްގެ ވާހަކަ އެވެ. އެ މީހުން ބުނާ ގޮތުގައި ފޯނާއި ޓެބްލެޓް 100 ޕަސެންޓް ޗާޖް ކުރުން މުހިއްމެއް ނޫނެވެ.
ބެޓެރީން ހެދި ދިރާސާއަކަށް ފަހު އެ މީހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އިރުއިރުކޮޅުން ފޯނާއި ޓެބްލެޓް ޗާޖް ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި 10 ޕަސެންޓަށް ނުވަތަ 20 ޕަސެންޓަށް ޗާޖްކޮށްލައިގެން ފޯނާއި ޓެބްލެޓް ބޭނުންކުރުމަކީ ވެސް އެއްވެސް މައްސަލައެއް ނޫނެވެ. މުހިއްމު ކަމަކީ ޗާޖް 65-75 ޕަސަންޓަށް ވުރެ ތިރިޔަވިޔަ ނުދިނުމެވެ.
"މީގައި މުހިިއްމު ކަމަކީ ޗާޖް ދަށްވެގެން ސިގްނަލް އަޅަންދެން މަޑު ނުކުރުން. މާނައަކީ ޗާޖިން 15 ޕަސެންޓަށް ވެއްޓެންދެން ޗާޖް ނުކޮށް މަޑު ނުކުރާށޭ،" ބެޓެރީ ޔުނިވަސިޓީން ބުންޏެވެ. "އެއްކޮށް ޗާޖް ވަންދެން ފޯން ބާއްވައިފި ނަމަ ބެޓެރީގެ ވޮލްޓޭޖް ވެސް ވަރަށް އަވަހަށް ދަށްކޮށްލާނެ. މާނައަކީ ބެޓެރީގައި މައްސަލަ ޖެހުން އަވަސް ވާނޭ."
ބެޓެރީން ބުނަނީ އެންމެ މައްޗަށް ވެސް ޗާޖް ކުރާ ނަމަ 95 ޕަސެންޓަކީ މާ ބޮޑަށް ވެސް ފުދޭނެ މިންވަރެއް ކަމަށެވެ.
ގިނަ އިރު ވަންދެން ޗާޖް ކުރަން ބާއްވައިގެން، ފޯނު ގޮވުން ފަދަ ހާދިސާތަކަކީ ވެސް މި ފަހުން ހިނގާފައި ހުރި ކަންކަމެވެ. އެހެންވެ ބެޓެރީ ޔުނިވަސިޓީން ދޭ އިރުޝާދު ތަޖުރިބާކޮށްލަމާ ހިނގާށެވެ.