މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!
މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!

ރޮއްޓަކީ ދިވެހިންގެ އާންމު ކާނާއަކަށް ވިޔަސް ގިނައިން ރޮށި ފިހެން ޖެހުމަކީ، ބޮޑު ޝަކުވާއެކެވެ. އެކަމުގެ ތަކުލީފު މާ ބޮޑީ އެވެ. ފުށް މޮޑެ، ރޮށި ދަމައި، އެ ފިހުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ.

މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!
މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!

އެކަމަކު ދެން އެހެންނެއް ނުވާނެ އެވެ. "މިސްޓަ ރޮށި" މި ވަނީ ދިވެހިންނަށް، ދިވެހި ވަންތަ ރޮށި ފިހެދޭން ތައްޔާރު ވެފަ އެވެ. އެ ކުންފުނިން ވަނީ ޒަމާނީ "ބްރޭންޑެޑް" ދިވެހި ރޮށި، އަތްފޯރާ ފަށުގައި ވިއްކަން ފަށައިފަ އެވެ.

މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!
މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިންނަށް ކަމުދާނެ ތަފާތު ޕްރޮޑަކްޓްތައް އަމިއްލަ ބްރޭންޑެއްގެ ދަށުން ނެރެ، ހެޔޮ އަގުގައި އެންމެންނަށް ވެސް ވިއްކުން،" ކަލާފާނު ހިނގުން، ވުޑްބެރީ ރެސްޓޯރެންޓު ކައިރީގައި ހުޅުވާފައިވާ "މިސްޓަ ރޮށި" ފެކްޓްރީ ދައްކާލަމުން، އެ ފެކްޓްރީ ހިންގާާ ކިންގްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖުމީ ވިދާޅުވި އެވެ.

މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!
މިސްޓަ ރޮށި: ދިވެހި ރޮށި ބްރޭންޑް ކޮށްލައިފި!

"މިސްޓަ ރޮށިން މި ވިއްކާ ރޮއްޓަކީ ދިވެހިން ބޭނުންވާ ގޮތަށް ފިހެފައި ހުންނަ ދިވެހި ވަންތަ ރޮށި."

އެގޮތުން "މިސްޓާ ރޮށި" އިން މިހާރު ވަނީ ބާޒާރަށް ތަފާތު ތިން ވައްތަރެއްގެ ރޮށި ނެރެފަ އެވެ. އެ ކުންފުނިން ވިއްކާ ރޮށި ހުންނަނީ ބޭރުގައުމުތަކުގައި ވިއްކާ މިފަދަ ޕްރޮޑަކްޓްތައް ހުންނަ ގޮތަށް، ޕެކެޓުގައި ބަންދުކޮށް، އަމިއްލަ ބްރޭންޑްގެ ދަށުން ލޭބަލް ވެސް ކޮށްފަ އެވެ.

"އަޅުގަނޑުމެން މިހާރު މި ވިއްކަނީ ތަރުކާރީ ތެލުގައި ފިހެފައި ހުންނަ ރޮށީގެ އިތުރުން އާޓާ ރޮށި އަދި ޕްލޭން ރޮށި. ޕެކެޓުން ކަނޑާލާ ގޮތަށް ވެސް ކެވިދާނެ ނުވަތަ ހޫނު ކޮށްލައިގެން ވެސް ކެވިދާނެ،" ނަޖުމީ ވިދާޅުވި އެވެ.

"މިސްޓަ ރޮށި" ފެކްޓްރީ އަކީ ވެސް އާންމުކޮށް ރާއްޖޭގައި ރޮށި ފިހާ ފެކްޓްރީތަކާ ތަފާތު، އޮޓޮމެޓިކް މެޝިނަރީ ބޭނުންކުރާ ތަނެކެވެ. އެތަނުގައި ފުށް މޮޑެވިގެން ގޮސް، ފުށް ގުޅަ ޖެހުމުގެ އިތުރުން ރޮށި ދެމިގެން ފިހެވެނީ ވެސް އޮޓޮމެޓިކުންނެވެ.

ނަޖުމީ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ ސާފުތާހިރު ކަމަށެވެ. އެގޮތުން މިހާރު ދުވާލަކަށް 3،000 އަށް ވުރެ ގިނަ ރޮށި ފިހެވޭ ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފުން އަންގި ނުލައްވައި ރޮށީގައި އަތް ނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު މާލޭގެ ފިހާރަތަކުގައި ވިއްކަން ފަށާފައިވާ "މިސްޓާ ރޮށި" އެއް ޕެކެޓަށް ވުރެ ގިނައިން ގަންނަ ނަމަ އެ ފެކްޓްރީން ހިލޭ ޑެލިވާ ވެސް ކޮށްދޭނެ އެވެ.

ކިންގްސް ކޮމްޕެނީގެ އަމާޒަކީ ދިވެހިންނާ ގުޅިފައިވާ ތަފާތު ޕްރޮޑަކްޓްތައް، ކޮލެޓީކޮށް އެ ކުންފުނީގެ އަމިއްލަ ބްރޭންޑްގެ ދަށުން ނެރުން ކަމަށް ވެސް ނަޖުމީ ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި "މިސްޓާ ރޮށި"ން އިތުރު ބައެއް ޕްރޮޑަކްޓްތައް މާކެޓަށް ނެރުމަށް ރާވާފައިވާ ކަމަށް ވެސް ނަޖުމީ ވިދާޅުވި އެވެ.