"ރާބްތާ"ގައި ދީޕިކާ ޕަދުކޯންގެ ޚާއްސަ ލަވައެއް
"ރާބްތާ"ގައި ދީޕިކާ ޕަދުކޯންގެ ޚާއްސަ ލަވައެއް

ބޮލީވުޑްގެ އެއްވަނަ ބަތަލާއަކީ ދީޕިކާ ޕަދުކޯން ކަމާ މެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. ބޮލީވުޑް ފަތަހަ ކުރުމަށް ފަހު މިހާރު ދީޕިކާ މަސައްކަތްކުރަނީ ހޮލީވުޑްގައި ވެސް ރަނގަޅު މަގާމެއް ހޯދުމަށެވެ.

ދީޕިކާ ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް"ގެ މަސައްކަތުގައި ދީޕިކާ ވަރަށް ބުރަކޮށް އުޅެމުން މިހާރު އުފައްދަމުންދާ ފިލްމު "ރާބްތާ"ގައި އޭނާވަނީ ޚާއްސަ ލަވައެއް ކުޅެދޭން އެއްބަސްވެފަ އެވެ.

ޑައިރެކްޓަރު ދިނޭޝް ވިޖަންގެ މި ފިލްމުގައި ދީޕިކާ ކުޅޭނީ ޚާއްސަ ލަވައެކެވެ. އަދި މި ލަވަ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ޝޫޓް ކުރުމަށްޓަކައި ފިލްމުގެ ޝޫޓިން މިހާރު ހިނގަމުންދާ ބުޑަޕެސްޓަށް ދީޕިކާ ދާން ހަމަޖެހިފައިވާ ކަމަށް ވެ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނެފައިވަނީ ޑައިރެކްޓަރު ގަބޫލު ކުރަނީ ދީޕިކާ އަކީ އޭނާގެ "ނަސީބު" ކަމަށެވެ.

ބޫޝަން ކުމާރާއި ހޯމީ އަދަޖާނިއާ ޕްރޮޑިއުސްކުރާ "ރާބްތާ"ގެ ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަން އެވެ.