މާމެންދޫ މީހަކު ރަށު ފަޅުތެރޭ މަރުވެފައި އޮއްވައި ފެނިއްޖެ
މާމެންދޫ މީހަކު ރަށު ފަޅުތެރޭ މަރުވެފައި އޮއްވައި ފެނިއްޖެ

ގއ. މާމެންދޫ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އެ ރަށު މޫންލައިޓްވިލާ މުހައްމަދު ނާޝިދު، 39، އެވެ.

މާމެންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒައީމް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ނާޝިދު ފެނިފައިވަނީ އާންމުންގެ ބަޔަކަށް ކަމަށެވެ. ފަޅުތެރެއިން ނާޝިދު ނެގިއިރު ވެސް އޮތީ މަރުވެފައި ކަމަށް ވެސް ޒައީމް ވިދާޅުވި އެވެ.

"ގެއްލިގެން ނާޝިދު ހޯދަމުންނެއް ނޫން ދިޔައީ. އާންމުންގެ ބަޔަކަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓު ކުރީ. މޫދުން ނެގިއިރު ވެސް އޮތީ މަރުވެފައި،" ޒައީމް ވިދާޅުވި އެވެ.

ޒައީމް ވިދާޅުވީ ނާޝިދުގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ނާޝިދު އެންމެ ފަހުން ފެނުނު ކަމަށް ވަނީ ރޭގެ ވަގުތެއްގަ އެވެ.