ދަގަނޑޭ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ
ދަގަނޑޭ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ

އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް މެދުވެރިވެއްޖެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އޭނާ އެހުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ވަރަށް ވުރެ ރަނގަޅު ފޯމެއްގައި ކަމަށް މާޒިޔާގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ

ދަގަނޑޭ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ
ދަގަނޑޭ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ

ދަގަނޑޭ ގައުމީ ޓީމުން ރިޓަޔާކުރަން އުޅޭ ކަމަށް އަޑުތަކެއް އަރާފައިވަނިކޮށް ގައުމީ ޓީމުގެ އާ ކޯޗު ޖަރުމަނުގެ ޕީޓާ ސެގާޓް ވަނީ އޭނާ ޓީމުން ވަކިކޮށްފަ އެވެ. ސަބަބެއް ކަމަށް ދެއްކީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ މަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމެވެ.

ދަގަނޑޭ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ
ދަގަނޑޭ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޝްފާގު ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް މެދުވެރިވެއްޖެ ކަމަށް. އަޝްފާގަކީ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް އެތައް ބައިވަރު ލެޔަކާއި ދަލެއް އޮހޮރުވާފައި ހުރި ޕްލެޔަރެއް. އަދި މިއިން ޒަމާނެއްގައި ނުއުފެދޭ ވަރުގެ މޮޅު ޕްލެޔަރެއް. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން މިކަހަލަ ގޮތަކަށް އަޝްފާގް ކެރިއަރު ގައުމީ ޓީމަށް ނިމިގެންދާނެ ކަމަކަށް. އަދި އަޅުގަނޑަކަށް ހިޔެއް ނުވޭ ދިވެހިރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓްކުރާ އެއްވެސް މީހަކު މިކަހަލަ ގޮތަކަށް އަޝްފާގް ގައުމީ ޓީމަށް ނިމިގެންދާކަށް ގަބޫލުކުރާނެހެނެއް،" އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުންޏެވެ.

ރާއްޖޭން 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު ގައުމީ ޓީމަށް ކުޅުނު އިންމަ ބުނީ އޭނާ އުއްމީދަކީ ދަގަނޑޭ އަނބުރާ ގައުމީ ޓީމަށް އައިސް ގައުމީ ޓީމުގެ ހިދުމަތުގައި ދެމި ހުރުން ކަމަށެވެ. އަދި އެއީ އޭނާގެ އިތުރުން ދިވެހި ހުރިހާ ސަޕޯޓަރުންގެ ވެސް އެދުން ކަމަށް ބުންޏެވެ.

"އަޅުގަނޑު ވެސް ފުޓްބޯޅައަށް ފެމިލީގައި އުޅޭ މީހެއްގެ ހައިސިއްޔަތުން އަޝްފާގް ގައުމީ ޓީމުން ބޭރުވާން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ގަބޫލެއް ނުކުރެވޭ،" ދަގަނޑޭއާ އެކު ކުރިން ވެލެންސިއާ އަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

އިންމަ އާއި ދަގަނޑޭ އަށް ވެލެންސިއާގައި ކޯޗުކޮށްދިން ހަންގޭރީގެ ލާސްލޯ ބުނީ ދަގަނޑޭ އަށް ގޯހެއް ހެދިފައި އޮތީ ކަމަށް ވެދާނެ ކަމަށާއި އެކަމަކު އޭގެ ހައްލަކީ މިޔެއް ނޫން ކަމަށެވެ.

"އަހަރެން ދަގަނޑޭ އަށް ޝުކުރުއަދާކުރަން ދިވެހިރާއްޖޭގެ ފުޓްބޯޅައަށް ކޮށްދިން ކަންތައްތަކަށް. އަދި އަހަރެމެންގެ ޓީމަށާއި ކުޅުންތެރިންނަށް އަދި އަހަންނަށް ކޮށްދިން ކަންތައްތަކަށް ވެސް މެ،" ވިކްޓަރީގެ މިހާރުގެ ކޯޗު ކިސް ބުންޏެވެ.

ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު 7-0 އިން ކާމިޔާބުކުރިއިރު އެ މެޗުގައި ހަތަރު ލަނޑު ޖެހީ އިންމަ ކޯޗުކޮށްދޭ މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ. ސެގާޓުގެ ކޯޗުކަމުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުގެ ސްކޮޑުން ދާދު އަށް ފުރުސަތު ނުދިން ނަމަވެސް ބޫޓާން މެޗުން ޖާގަ ދިނުމުން އޭނާ ވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ.

އިންމަ ބުނީ ތޭވީހަކަށް ކުޅުންތެރިންގެ ސްކޮޑަކުން ބާކީވި ކުޅުންތެރިޔަކު ޖެހިގެން އައި މެޗުގެ ސްކޮޑުގެ ތެރެއަށް ވަދެ އަދި ފުރަތަމަ އެގާރައިގައި ވެސް ހިމެނި ހަތަރު ގޯލް ޖެހުމަކީ އާދަޔާހިލާފު ކަމެއް ކަމަށެވެ. އަދި އެ ފެންވަރު ދެއްކޭނީ ދާދުގެ ކިބައިގައި ވަރަށް ވަރުގަދަ ރޫހެއް ހުރެގެން ކަމަށާއި އޭނާ އެ ސާބިތުކޮށްދިނީ އޭނާ އަކީ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔެއްކަން ކަމަށް އިންމަ ބުންޏެވެ.

އިންމަ ބުނީ ފުރަތަމަ ސްކޮޑް ނެގީ ސީދާ ކޯޗު ނޫން ކަމަށް އޭނާ ވެސް ބުނެފައިވާ ކަމަށާއި އެކަމުގައި އެހެން ބަޔެއްގެ އެހީތެރިކަން ކޯޗަށް ލިބުނު ކަމަށެވެ. އަދި ކޮންމެ ބަޔަކު އެކަން ކުރި ނަމަވެސް ދާދު އާއި ދަގަނޑޭ މެން ފަދަ ކުޅުންތެރިން އެބަޔެއްގެ ސިކުނޑިން ފޮހެވިގެންވާނެ ކުޅުންތެރިން ނޫން ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ބަޔަކު އެކަންތައް ކުރިކަމުގައި ވިޔަސް ދާދު އެއީ ގައުމީ ޓީމުގައި މިހާރަކަށް އައިސް އާއްމުކޮށް ހަމަ ދާއީމީކޮށް ޓީމުގައި ހިމެނެމުން އަންނަ 21 އަހަރުގެ ޒުވާން ކުޅުންތެރިޔެއް. ވަރަށް ގިނަ އިންޓަނޭޝަނަލް މެޗުތަކުގައި ހަމަ ގައުމީ ޓީމުގެ މެޗުތަކުގައި ރަނގަޅަށް ކުޅެ އަދި އެއްބައި މެޗުޔަކުގައި ސްކޯ ވެސް ކޮށްފައި ހުރި ޕްލެޔަރެއް އޭނާ އަކީ. ފުޓްބޯޅައިގެ ފެމިލީގައި މި އުޅޭ މީހުން ވެއްޖެ ކަމަށްވަންޏާ ދާދު، އަލީ އަޝްފާގް މިކަހަލަ ޕްލެޔަރުންނަކީ އެއްވެސް ވަރަކަށް ސިކުނޑިން ފޮހެވިގެންދާނެ ޕްލެޔަރުންނެއް ނޫން،" އިންމަ ބުންޏެވެ.