ބޮމެއް އޮތް ކަމަށް ބުނި ސިންގަޕޫރުގެ ބޯޓެއް އަނބުރާ ޖައްސައިފި
ބޮމެއް އޮތް ކަމަށް ބުނި ސިންގަޕޫރުގެ ބޯޓެއް އަނބުރާ ޖައްސައިފި

ސިންގަޕޫރު (އެޕްރީލް 5) - ބޮމެއް އޮތް ކަމަށް ބުނުމުން ސިންގަޕޫރު އެއާލައިންސްގެ ބަޖެޓް އެއާލައިނެއްގެ ބޯޓެއް އަނބުރާ ޖައްސައިފި އެވެ.

ސިންގަޕޫރުގެ ވައިގެ ސިފައިންގެ ދެ ފައިޓާ ޖެޓް އެސްކޯޓް ކުރަމުން ދިޔަ ބޯޓު ޗަންގީ އެއާޕޯޓުގައި މިއަދު މެންދުރު ފަހު ޖެއްސި އިރު އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގައިފައެއް ނުވެ އެވެ. ސްކޫޓް އެއާލައިންސްގެ ބޯޓު ދަތުރު ކުރީ ތައިލެންޑުގެ ހަތު ޔައި ސިޓީ އަށެވެ. ބޯޓު ޖެއްސީ ސިންގަޕޫރުން ފުރިތާ ދެ ގަޑިއިރު ފަހުންނެވެ.

"ހަތު ޔައި އަށް ދަތުރު ކުރި ސްކޫޓްގެ ޓީއާރު634 ގެ ފްލައިޓް ވަނީ ސަލާމަތުން ޗަންގީގައި ޖައްސާފައި،" އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މިދަނީ ބޯޓުގެ ރައްކާތެރިކަން ޔަގީން ކުރަމުން."

ސިންގަޕޫރު ފުލުހުން ބުނީ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެފައި ވަނީ އެ ބޯޓުން ދަތުރުކުރި ޕަސެންޖަރެއް ކަމަށެވެ.