ސްނެޕްޗެޓަށް ވީޑިއޯ ކޮންފަރެންސް
ސްނެޕްޗެޓަށް ވީޑިއޯ ކޮންފަރެންސް

ދާދި ފަހުން ސްނެޕްޗެޓްގެ މަލަމައްޗަށް ގެނައި ބައެއް ބަދަލުތަކާ ހިތްހަމަނުޖެހިގެން، މި އެޕް ބޭނުން ކުރާ ބައެއް މީހުން ރުޅިގަދަވެފައި ވަނިކޮށް، ސްނެޕްޗެޓުން އާ ފީޗާއެއް އަނެއްކާ ވެސް ތައާރަފުކޮށްފި އެވެ. އެއީ ވީިޑިއޯ ކޮންފަރެންސްގެ ހިދުމަތެވެ. އެކަމަކު ލިމިޓެޑް އަދަދަކާ އެކުގަ އެވެ.

ސްނެޕްޗެޓަށް ވީޑިއޯ ކޮންފަރެންސް
ސްނެޕްޗެޓަށް ވީޑިއޯ ކޮންފަރެންސް

ސްނެޕްޗެޓުން ތައާރަފު ކުރި ވީޑިއޯ ކޮންފަރެންސް ނުވަތަ ގްރޫޕް ވީޑިއޯ ޗެޓްގައި އެއްފަހަރާ 16 މީހުންނަށް ބައިވެރި ވެވޭނެ އެވެ. އެހެންވެ މިއީ ގްރޫޕްތަކުގައި އެންމެން ފެނިލައި، ވާހަކަ ދައްކައިލަން ސްނެޕްޗެޓްގެ އަހުލުވެރިންނަށް ވަރަށް ވެސް ރަނގަޅު ހިދުމަތަކަށް ވާނެ އެވެ.

ސްނެޕްޗެޓުން ބުނި ގޮތުގައި ގްރޫޕެއްގައި 16 އަށް ވުރެ ގިނަ މީހުން ތިބޭ ނަމަ، ވީޑިއޯ ކޮންފަރެންސްގެ ބަދަލުގައި ބޭނުން ކުރަން ޖެހޭނީ ވޮއިސް ކޯލެވެ. އެގޮތުން ވޮއިސް ކޯލްގައި އެއްފަހަރާ 32 މީހުންނަށް އެއްތަން ވެވޭނެ އެވެ.

ވީޑިއޯ ކޮންފަރެންސްގެ ހިދުމަތުގެ އިތުރުން ސްނެޕްޗެޓުން ވަނީ ސްނެޕް ސްޓޯރީޒްގައި ޓެގް ކުރެވޭ ގޮތް ވެސް ހަދައިފަ އެވެ. މީގެ ސަބަބުން ޓެގް ކުރާ ޔޫޒަރުންގެ ޕަބްލިކް ސްޓޯރީ އަށް ވަދެލައި، އެ މީހުން ރައްޓެހިންނަށް ވެސް ހަދައި ލެވޭނެ އެވެ.