މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!
މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!

ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭއްވެވި ކެބިނެޓް ބައްދަލުވުމެކެވެ. ހުށަހެޅިފައި ވަނީ މިއިން ޒަމާނަކު ކެބިނެޓުގައި މަޝްވަރާ ނުކުރެވޭ ވަރުގެ ބޮޑު މައްސަލައެކެވެ. ހިޔާލު ބަދަލުކުރަމުން ދިޔައީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ބައިވެރިންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރާނީތޯ ނުވަތަ ޖަލަށް ބަދަލުކުރާނީތޯ އެވެ.

މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!
މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!

ކެބިނެޓު އޮތީ ދެ ބައި ވެފަ އެވެ. އެ ހަމަލާގައި ބައިވެރިވި ދިވެހިންނާއި ތަމަޅައިން ވެސް މަރަން ބައެއް ބޭފުޅުން ވަކާލާތުކުރައްވަމުން ގެންދެވިއިރު، ދެން ތިއްބެވި ބޭފުޅުން ދެއްކެވީ އެ މީހުން މަރައިފި ނަމަ ދިމާވެދާނެ ބޮޑެތި މައްސަލަތަކުގެ ވާހަކަ އެވެ. އެ ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި ތަމަޅައިން މަރައިފި ނަމަ، ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގުޅުމުގައި ދުވަހަކު ވެސް ނުފިލާ ވަރުގެ ބޮޑު ލައްގަނޑެއް ޖެހޭނެ އެވެ. ދިވެހިން މަރައިފި ނަމަ ގައުމުގައި ފިތުނައެއް އުފެދި ދާނެ ކަމުގެ އިންޒާރު ވެސް އެ ބޭފުޅުން ދެއްވި އެވެ.

މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!
މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!

"މާ ބޮޑަށް ދެ ބަސްވާން ފެށުމުން ބައްދަލުވުން މެދުކަނޑާލައްވާފައި އެންމެން އެއްކޮށް ސަޔަށް ވަޑައިގެންނެވީ. އެއީ ބޮޑެތި ބަހުސްތަކުގައި އާއްމުކޮށް އެމަނިކުފާނު އަމަލުކުރައްވާ ގޮތް. ދެން ސައި ގަޑީގައި ލޮބީ ކުރައްވާނެ،" މައުމޫންގެ ކެބިނެޓުގައި އުޅުއްވި ބޭފުޅަކު މިއަދު ކިޔައި ދެއްވި އެވެ.

މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!
މައުމޫނަށް އާ ގޮންޖެހުމެއް: ފުރަތަމަ ފަހަރަށް ކޯރަމް ގެއްލުވާލައިފި!

ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅޭ ގޮތުން ބޭއްވި އެ ކެބިނެޓު ބައްދަލުވުން ތިން ދުވަހަށް ދިގު ދެމިގެން ދިޔަ އެވެ. ކޮންމެ ދުވަހަކު ވެސް ބަހުސް ކުރެއްވުމަށް ފަހު ބައްދަލުވުން ނިންމާލައްވައި އަނެއްކާވެސް އަނެއް ދުވަހު ފައްޓަވަނީ އެވެ. ތަފާތު ހިޔާލުތައް ހުށަހެޅި، އެ ކަންކަމާ ގުޅޭ ގޮތުން ބަހުސްކުރެއްވި އެވެ. އެންމެ ފަހުން ނިމުނީ އެ ހަމަލާގައި ބައިވެރިވި މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށެވެ.

އެއީ މީގެ 28 އަހަރު ކުރިން މައުމޫން ބޭއްވެވި ބައްދަލުވުމެއްގައި ކަން ހިނގި ގޮތެވެ. އެމަނިކުފާނުގެ ދިގު ސިޔާސީ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ އެއް ނިންމެވުން ނިންމެވި ގޮތެވެ.

"ދުވަހަކު ވެސް ކެބިނެޓު ބައްދަލުވުމެއް އަދި އެހެން ވެސް ބައްދަލުވުމެއް ހުއްޓާލައްވަން ޖެހިވަޑައެއް ނުގަންނަވާ. ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދޭނެ. އެކަމަކު، އެ ކަންކަމާ ބަހުސް ކުރެވި، ބައްދަލުވުން ކުރިއަށް ގެންދެވޭ. ހިތްހަމަނުޖެހިގެން ބައްދަލުވުން ދޫކޮށް، ބަޔަކު ނުކުމެފައެއް ވެސް ނުވޭ،" ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު، ރޭ ވަނީ އެ ތާރީހު ބަދަލުވެފަ އެވެ. ތާރީހު އަލުން ލިޔެފަ އެވެ. މައުމޫން އިސްކޮށް އިންނަވައި ބޭއްވެވި ބައްދަލުވުމަކުން ބަޔަކު ނުކުމެގެން ރޭ ދިއުމާ އެކު އެމަނިކުފާނުގެ ބައްދަލުވުމެއްގެ ކޯރަމް ފުރަތަމަ ފަހަރަށް ވަނީ ގެއްލުވާލައިފަ އެވެ.

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެ ޕާޓީގެ ރައީސް މައުމޫން ރޭ ގޮވާލެއްވީ އެމަނިކުފާނާއި ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި މައުމޫން ހުށަހަޅުއްވާފައިވާ ޕާޓީގެ އިސްލާހީ އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައި އޮތުމަށް ފަހު އެންމެ ފަހު ވަގުތު ކެންސަލް ކުރެއްވިއިރު، އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ބައްދަލުވުމުގެ ވަކި ހިސާބަކުން އެ ތަން ދޫކުރައްވައި ވަޑައިގެންފަ އެވެ.

"މީގެ ކުރިން ދުވަހަކު ވެސް ނެތް ރައީސް މައުމޫން ބޭއްވެވި އެއްވެސް ބައްދަލުވުމަކުން ބަޔަކު ނުކުމެގެން ގޮސް ކޯރަމް ގެއްލުވާލައިފައެއް. ޑީއާރުޕީ ދުވަސްވަރު ވެސް އެކަހަލަ ކަމެއް ހިނގާފައެއް ނެތް،" ޕީޕީއެމްގައި އުޅުއްވާ މައުމޫންގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ކައުންސިލް ބައްދަލުވުމުން ނުކުމެވަޑައިގަތީ ޕާޓީން ވަކިކުރަން ސުލޫކީ ކޮމީޓީން ނިންމާފައިވާ މައުމޫންގެ ދަރިކަލުން، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ތިއްބެވުމުންނެވެ. އެކަމަކު އޭގެ ކުރިން މައުމޫން އެ ބޭފުޅުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އެ ނަސޭހަތްތައް، ރައީސް ޔާމީނަށް ތާއީދުކުރައްވާ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާާން ސިފަކުރެއްވީ، ވަރަށް ބޭނުންތެރި، ރަނގަޅު ކަންކަމުގެ ގޮތުގަ އެވެ.

"އެއީ އެމަނިކުފާނު އާއްމުކޮށް ކަންތައް ކުރައްވާ ގޮތް. އަމިއްލަ ހިޔާލުފުޅު ފާޅުނުކުރައްވައި އެންމެ ފުރަތަމަ އެހެން ބޭފުޅުންގެ ހިޔާލު ހޯއްދަވާނީ. ނަސޭހަތް ވެސް ދެއްވާނެ،" ކުރިން ވާހަކަ ދެއްކެވި މައުމޫންގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

މައުމޫން ރޭ ދެއްވި ނަސޭހަތް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން އަޑު އެއްސެވި އެވެ. އެކަމަކު، "ގޯހެއް ވާނީ ގޯހަކަށޭ" ވިދާޅުވެ، އެ ބޭފުޅުން ބައްދަލުވުމުން ނުކުމެވަޑައިގަތީ އެވެ. ޖުމްލަ 33 ބޭފުޅުން ތިއްބަވާ ޕީޕީއެމްގެ ކައުންސިލަށް ރޭ ހާޒިރުވެވަޑައިގެންނެވި 30 މެމްބަރުންގެ ތެރެއިން 21 ބޭފުޅަކު ނުކުމެވަޑައިގަތުމުން ބައްދަލުވުން ހުއްޓާލައްވަން ވެސް މައުމޫނަށް ޖެހިވަޑައިގަތެވެ. އެންމެ ފަހުން، އެމަނިކުފާނު އިންނެވީ މަދު މީސްކޮޅަކާ އެކު އެވެ. އޭގެ ތެރޭގައި ވެސް ގިނައީ އާއިލާ ބޭފުޅުންނެވެ.

ރޭ ފެނުނީ މައުމޫންގެ އަރިހުގައި އުޅުއްވާ ބޭފުޅުންތަކެއް އަލަށް އެމަނިކުފާނަށް "ގޮންޖެއްސެވި" ތަނެވެ. އެއީ ވެސް، އެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، އެންމެ މަތީ އިހުތިރާމާއި ގަދަރާ އެކު އެވެ. ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތަށް، ސާޅީހަކަށް އަހަރު ވެފައިވާ މައުމޫންގެ ސިޔާސީ ހަޔާތްޕުޅުގައި އެއީ ތާރީހީ ރެއެކެވެ.