08 އެޕްރީލް 2018 - 07:19

ކަނޑުމައްޗަށް އަރާ ކޮންމެ ފަހަރަކު ލައިފްޖެކެޓް އަޅަން ޖެހެއެވެ. ނުވަތަ އިންނަން ޖެހޭނީ ލައިފް ޖެކެޓް އަތުޖެހޭ ހިސާބެއްގައެވެ. އެކަމަކު ކަމެއް ދަމެއް ބޮޑުވާއިރު ލައިފް ޖެކެޓެއް ނޯވެއެވެ. ނުރައްކާތެރި ފައްތަރަކަށް މީހާގެ ހާލަތު ދަނީ މިފަދައިން ފަރުވާކުޑަކޮށްލެވުމުންނެވެ.
ލައިފްޖެކެޓް އަޅަން މީހުން ޖެހިލުންވަނީ އޭގެ ސަބަބުން ހަށްޓަށް އުނދަގޫތަކެއްވާތީ ކަމަށް ވެދާނެއެވެ. މިކަމަށް ހައްލެއް ގެނެސްދެނީ އޮސްޓްރޭލިޔާގެ ރައްޔިތަކު އުފެއްދި ދެ ބާވަތެއްގެ ލައިފްޖެކެޓުންނެވެ. އެއީ ސީޕަލް ނެޕްޓިއުން އާއި ސީޕަލް ޓައިޓަންއެވެ.
ސީޕަލް ނެޕްޓިއުންއަކީ ވައަތުގެ އުޅަބޮއްޓާއި ކޮނޑާ ދެމެދު އަޅާ އާމް ބޭންޑެކެވެ. ކުއްލި ހާލަތުގައި މީގެ ބޭނުން ޖެހުމުން ރަތްކުލައިގެ ޕްލާސްޓިކް ފޮއްޗަށް ދަމާލުމުން ބޭންޑު ފުފި، ކަރުގައި އެޅޭނެއެވެ. ސަލާމަތްކުރާނެ ބަޔަކު އަންނަންދެން އަޑިއަށް ނުގޮސް އޮވެވޭނެއެވެ. ސީޕަލް ނެޕްޓިއުން ފަރުމާކޮށްފައިވަނީ ދިގު ފެތުން ފަތާ މީހުންނަށާއި ރާޅާއަޅާ މީހުންނަށާއި މަސްވެރިންނަށް ހާއްސަކޮށެވެ.
ސީޕަލް ޓައިޓަންއަކީ ކުދި ދޯނިފަހަރުގައި މަހަށް ނުކުމެ އުޅޭ މީހުންނަށާއި ބޮއްކުރާ ދުއްވާ މީހުންނަށާއި މިފަދަ މޫދުކުޅިވަރުތަކަށް ނުކުމެ އުޅޭއިރު ބޭނުންކުރެވިދާނެ ބާވަތެއްގެ ރައްކާތެރިކަމުގެ ޑިވައިސް އެކެވެ. ސީޕަލް ޓައިޓަން އޮންނާނީ ކޮނޑުމަތިން ކަރު ވަށައިގެން އަޅައިފައެވެ. ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ނަމަ މީގައިވާ ރަތްކުލައިގެ ޕްލާސްޓިކް ކޮޅަށް ދަމާލުމުން ފުފޭނެއެވެ. ސީޕަލް ޓައިޓަން ލައިފް ޖެކެޓުގައި ހަންޖަހަން ބޭނުންވާ ސާމާނު ހަމައަށް ހުރެއެވެ. ތުނބުން ފުމޭ ކަށިގަނޑަކާއި ދިއްލޭބޮތްކެއް ވެސް މީގައި ހުރެއެވެ.
ސީޕަލް ނެޕްޓިއުންއާއި ސީޕަލް ޓައިޓަންއަކީ ބޮޑެތިމީހުންނާއި ކުޑަކުދިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.