ޕާސްތާ އިން ބަރުދަން ލުއިކޮށް ދޭނެ
ޕާސްތާ އިން ބަރުދަން ލުއިކޮށް ދޭނެ

ޕާސްތާ ކާން ލޯބިކުރާ މީހުން މިއަށް ވުރެ ވަކި އުފާވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟ ދޭން އޮތްހާ ވެސް ނަސޭހަތަކީ ޕާސްތާ ކެއުން އެއްގޮތަކަށް ވެސް މަދު ކުރާނެ ކަމެއް ނެތޭ އެވެ.

ޕާސްތާ އިން ބަރުދަން ލުއިކޮށް ދޭނެ
ޕާސްތާ އިން ބަރުދަން ލުއިކޮށް ދޭނެ

ފަހުގެ ދިރާސާއެއްގައި މިހާރު ބުނަނީ ޕާސްޓާ ކެއުމުން ބަރުދަން ލުއިކޮށް ދޭނެ ކަމަށެވެ. ދިރާސާގައި ބުނާ ގޮތުން ކޮންމެ ހަފުތާއަކު ތިން ދުވަހު ޕާސްތާ ކާ ނަމަ، 12 ހަފުތާގެ ތެރޭގައި ބަރުދަނުން 500 ގްރާމް ލުއިކޮށްދެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޮހައިޑްރޭޓްސް އެކުލެވޭ ކެއުމުގެ ބާވަތްތަކަށް ބަލާއިރު، ޕާސްތާ އާއި މެކްރޯނީ އަދި ސްޕެގެޓީ ފަދަ ބާވަތްތަކުގައި ކާބޮހައިޓްރޭޓްސް އެކުލެވޭ މިންވަރު ނިސްބަތުން ދަށެވެ. އެހެންވެ ފެޓްގެ ބިރު ވެސް ނެތުމާ އެކު، މިއީ ބަރުދަން ލުއިކޮށްދޭން ބާރުއަޅާ އެއްޗެއް ކަމަށް ބުންޏެވެ.

ދިރާސާ ހެދުމުގައި ބައިވެރިވި ޓޮރޮންޓޯގެ އެސްޓީ މައިކަލް ހޮސްޕިޓަލްގެ ޑރ. ޖޯން ސިއެވެންޕިޕާ ވިދާޅުވީ ގޮތުގައި ގްލިމެކްސް އިންޑެކްސް (ޖީއައި) ގެ މިންވަރު ދަށް ކާނާ ބޭނުން ކުރުމުން ބަނޑުހައިވުން ވެސް ލަސްކޮށްދެ އެވެ.

"ނަތީޖާއަކީ ބަރުދަން ލުއިވާން ފުރުސަތު ލިބުން،" އޭނާ ވިދާޅުވި އެވެ. "މި ސަބަބާ ހުރެ ޕާސްތާއަކީ ހަގީގަތުގައި ޑައެޓަށް ވެސް ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު ބާވަތެއް."