ވައި ނުޖެހުނަސް މި މަޑި އެރުވިދާނެ
ވައި ނުޖެހުނަސް މި މަޑި އެރުވިދާނެ

މަޑި ހެދުމާއި ފިރޯށްޓަށް އޮޅާ ރޮދި ހެދުމާއި އޭގައި ފުޅިތޮށިލައި، ތޯޅުވާން ތައްޔާރުކުރުމަކީ ނިކަން ފަރުވާތެރިކަމާއެކީ ބައެއް މީހުން ކޮށް އުޅުނު ކަންކަމެވެ. ނަމަވެސް މިއީ އެކަހަލަ ކަންކަމުގެ ޒަމާނެއް ނޫނެވެ. މަޑިއެއް އަރުވަން ޓީވީ އާއި ޓެބްލެޓާއި ފޯނު ދޫކޮށްފަ ޕާކެއްގެ ތެރެއަށް ދަރިން ނެރެލެވުމަކީވެސް ބައެއް ބެލެނިވެރިންނަށް ބޮޑު ކާމިޔާބީއެކެވެ. އެހެންވީމަ މަޑި ނޭރުވިގެން، ވައި ނޭޅިގެން އުޅެންޖެހޭތީ ކުދިން ފޫހިވަނީއެވެ. މިކަމުން ސަލާމަތްވެވޭނެ ގޮތެއް މިހާރު ވަނީ ހޯދައިފައެވެ.

ހަރަކާތްތެރި ކުޅިވަރުތަކަށް ބޭނުންވާ ކުޅޭ ސާމާނު އުފައްދާ ކުންފުންޏެއްކަމަށްވާ ޓަކަ ޓޯއިޒް އިން އުފެއްދި ކައިޓަޕުލްޓަކީ ވަރަށް ފަސޭހައިން ވައި އަޅުވާލެވޭނެ މަޑިއެކެވެ. އުންޑައެއްހެން ވައިގެ ތެރެއަށް ފޮނުވާލެވޭ ގޮތަށް އުފައްދާފައިވާ މި މަޑިއަކީ އެއްވެސް އުނދަގުލެއް، ނުތަނަވަސްކަމެއް ނެތި ވައިގެ ތެރެއަށް ފޮނުވާލެވޭނެ މަޑިއެކެވެ. އެކަމަކު މި މަޑި ރީތިކޮށް އުދުހޭނީ ގަޑިއަކު 10 މޭލަށް ނޫނީ އެއަށްވުރެ ގަދައަށް ވައިޖެހޭ ނަމައެވެ.

މަޑިއެއް ގޮތަށް ރޮއްޖާއެކު އަރުވަން ބޭނުން ނެތިއްޔާ ގްލައިޑައެއްހެން ވެސް މި ކައިޓަޕުލްޓް ބޭނުންކުރެވެއެވެ. މިއާ އެކު ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރީމަ އެއްފަހަރު މަޑިއެއް، އަނެއް ފަހަރު ގްލައިޑައެއް ގޮތަށް އަރުވާލެވިދާނެއެވެ.

މިއީ ދުވާލުގެ ބުރަ މަސައްކަތަށް ފަހު ހަވީރު ކުދިވެރިންނާ އެކު ހިތް އުފާކޮށްލަން އަތިރިމައްޗަށް ނުކުމެ ކުރެވިދާނެ މަޖާ ކަމެކެވެ. ކުދިން ވަރަށް ގަޔާވާނެއެވެ. ޓީވީ ދޫކޮށްލާފަ ބޭރަށް ނުކުމެ އަރުވަން އުޅޭ މަޑި، އުނދަގުލެއްނެތި އުދުހޭނެކަން އެކުދިންނަށް ޔަގީންވާނެއެވެ.