ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ވިލާ ކޮލެޖުން 400 އަށްވުރެ ގިނަ ދަރިވަރުން މިއަދު ދަސްވެނިވިއްޖެ އެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ހެނދުނާއި މެންދުރު ފަހުގެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ދަސްވެނިވުމުގެ ހަފުލާގައި، 487 ދަރިވަރުން ދަސްވެނިވެފައި ވެ އެވެ. އެއީ އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ (އޯޔޫއެމް)ގެ ކޯސްތައް ވެސް ހިމަނައިގެންނެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އޯޔޫއެމްގެ ކޯސްތައް ނިންމައި 334 ދަރިވަރުން ވަނީ ހެނދުނު ބޭއްވި ހަފުލާގައި ދަސްވެނިވެފަ އެވެ. އެއީ 298 އަންޑަގްރެޖުއޭޓާއި 36 ޕޯސްޓްގްރެޖުއޭޓެވެ. އަދި ދަސްވެނިވި 58 ޕަސެންޓް ހިއްސާކުރަނީ އަންހެނުން ކަމަށް ވެސް ވިލާ އިން ބުންޏެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

މެންދުރު ފަހު ބޭއްވި ހަފުލާގައި، ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން 153 ދަރިވަރުން ވަނީ ދަސްވެނިވެފަ އެެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އޭގެ އިތުރުން، އެ ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 16 ދަރިވަރަކަށް ވަނީ އެ ކޮލެޖުގެ ޗެއާމަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެވޯޑު ދެއްވައިފަ އެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފެންވަރު ރަނގަޅު މަތީ ތައުލީމް، އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އޭނާ ވިދާޅުވީ 2007 ވަނަ އަހަރު ހުޅުވި ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ކޮލެޖުން އެތައް ދަރިވަރުންނެއް، ގައުމަށް ބޭނުންތެރި ދާއިރާތަކުން ދަސްވެނިވެފައިވާ ކަމަށެވެ. އިނގިރޭސިވިލާތާއި މެލޭޝިޔާގެ ޕްރޮގްރާމްތައް، ވިލާ ކޮލެޖުގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

"އަޅުގަނޑުމެންގެ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުގެ އެހީގައި މިވަނީ އިނގިރޭސިވިލާތާއި މެލޭޝިޔާގެ ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެވިފައި. އެކަންތަކަށް މަގުފަހިވެގެން މި ދަނީ، ވިސްނުންތޫނު، ގާބިލް ލެކްޗަރާއިންގެ ސަބަބުން،" އަންވަރު ވިދާޅުވި އެވެ.