ކަޝްމީރުގެ ހަމަނުޖެހުންތަކުގައި 20 މަރު: ކާފިއު އިއުލާންކޮށްފި
ކަޝްމީރުގެ ހަމަނުޖެހުންތަކުގައި 20 މަރު: ކާފިއު އިއުލާންކޮށްފި

ސްރީނަގަރު (އެޕްރީލް 3) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިންގި ހަމަނުޖެހުންތަކުގައި 20 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ކަޝްމީރުގެ ހަމަނުޖެހުންތަކުގައި 20 މަރު: ކާފިއު އިއުލާންކޮށްފި
ކަޝްމީރުގެ ހަމަނުޖެހުންތަކުގައި 20 މަރު: ކާފިއު އިއުލާންކޮށްފި

މަރުވި މީހުންގެ ތެރޭގައި އިންޑިއާ ސިފައިންގެ ތިން މީހުންނާއި ހަނގުރާމަވެރިންގެ 13 މީހުން އަދި އާއްމުންގެ ހަތަރު މީހުން ހިމެނެ އެވެ. ހަމަނުޖެހުން ހިންގަމުން ދަނީ ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރުގެ ދެކުނުގަ އެވެ. ކަޝްމީރުގެ ބޮޑު ސަރަހައްދެއްގައި މިހާރު ވަނީ ކާފިއު ހިންގައިފަ އެވެ. ސްކޫލްތަކާއި ކޮލެޖް އަދި ވިޔަފާރިތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންނަށް ތާއީދުކޮށް މިދިޔަ ހަފުތާ ބަންދުގައި ވަނީ ބޮޑު އެއްވުމެއް ބާއްވައިފަ އެވެ. މިއީ އިންޑިއާ ސަރުކާރާ ދެކޮޅަށް މި އަހަރު ކަޝްމީރުގައި ބޭއްވި އެންމެ ބޮޑު އެއްވުމެވެ. ހަމަނުޖެހުންތަކުގައި މަރުވި ބައެއް މީހުންގެ ޖަނާޒާ ކުރިއަށް ދަނިކޮށް ވެސް އިންޑިއާ ސިފައިން ވަނީ ބަޑިޖަހައިފަ އެވެ.

ގިނަ މީހުން ޒަޚަމްވެފައި ވަނީ އިންޑިއާ ފުލުހުން ޕެލެޓް ބަޑި ބޭނުން ކުރުމުންނެވެ. ޑޮކްޓަރުން އިއްޔެ ބުނީ ޕެލެޓް ބަޑިން ހަމަލާ ދިނުމުން ގިނަ ބަޔަކު ޒަޚަމްވި ކަމަށެވެ. ސްރީ ނަގަރުގެ ޝްރީ މަހާރާޖާ ހަރި ސިންގް ހޮސްޕިޓަލަށް އާދިއްތަ ދުވަހު އެކަނިވެސް ވަނީ ޒަޚަމްވި 45 މީހުން ދައްކައިފަ އެވެ. ގިނަ މީހުންގެ ޒަޚަމްވެފައި ވަނީ ލޮލެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ޕެލެޓް ބަޑި ބޭނުން ކުރުން މަނާ ކުރުމަށް ވެސް ގޮވާލައިފަ އެވެ.