03 އެޕްރީލް 2018 - 13:33

ސިލިކާ އިން ބާއްވާ އަހަރުގެ އެންމެ ބޮޑު ސޭލް، 70 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ފަށައިފި އެވެ.
އެ ފިހާރައިން ބުނީ "ބިގް ސޭލް"ގެ ނަމުގައި، މެއި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް މަދުވެގެން ދިހަ ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
ސިލިކާ އިން ބުނީ އެ ފިހާރައިން ކުރިއަށް ގެންދާ އެހެން ޕްރޮމޯޝަންތަކުގައި ޑިސްކައުންޓް ލިބޭނީ، އެ ޕްރޮމޯޝަނަކަށް ހާއްސަ ކޮށްފައިވާ ޕްރޮޑަކްޓަކުން އެކަނި ކަމަށެވެ. ނަމަވެސް ބިގް ސޭލްގައި އެ ފިހާރައިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭ މައިގަނޑު ޕްރޮޑަކްޓްތަކަކީ؛
- ހުރިހާ ސައިޒެެއްގެ ޓައިލްސް
- ފާހާނަ ތަށި، މޫނު ދޮންނަ ތަށި، އިސްކޫރު އަދި ޝަވާ ސެޓްގެ އިތުރުން ފާހާނަ ހެދުމަށް ބޭނުންވާ ސާމާނު
- ބަދިގެ ސިންކް އަދި އިސްކުރު
- ކާޓަން ރޮޑާއި ފިނިއަލް
- ފާހާނަ އެލްމިނިއަމް ރޮޑް އަދި ވެކިއުމް ގްލާސް
- ލެޑް ލައިޓް އަދި ސްވިޗް
- ކެމިކަލް ސިމެންތި
ބިގް ސޭލްގައި ބައިވެރި ވެވޭނީ ސިލިކާގެ ފިހާރަތަކުން ނުވަތަ އެ ފިހާރައިގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ވިޔަފާރި ކުރާ މީހުންނަށެވެ.
މާލެ އާއި ހުޅުމާލޭގައި ސިލިކާގެ ތިން ޝޯރޫމެއް ހުރެ އެވެ. އެއީ، ލޮނުޒިޔާރަތްމަގު، ގަލޮޅު މަދްރަސާ ކައިރީގައި ހުންނަ ސިލިކާ ޕްރޯ ހޯމް އާއި ފާމުދޭރި މަގު، މެޑިކާ ހޮސްޕިޓަލް ކައިރީގައި ހުންނަ ސިލިކާ ސިޓީ ހޯމްގެ އިތުރުން ހުޅުމާލޭގައި ހުންނަަ ސިލިކާ ސިޓީ ހޯމް އެވެ.