މި ކަށިގަނޑުގެ އަޑު ދެ މޭލު ދުރަށް އިވޭނެ
މި ކަށިގަނޑުގެ އަޑު ދެ މޭލު ދުރަށް އިވޭނެ

ކުޅިވަރުތަކުގައި ރެފްރީ ގެންގުޅޭ ކަށިގަނޑުގެ ބޭނުމަކީ އޭނާގެ އެންގުންތަކަށް ކުޅުންތެރިންގެ ސަމާލުކަން ހޯދުމެވެ. އެހެންވެ މިއީ އެހާ ވަރުގަދަ އަޑެއް އިވޭ އެއްޗަކަށް ނުވިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް އިމަޖެންސީ ހާލަތެއްގައި ވަރަށް ދުރަށް އަޑު އިއްވައި ސަމާލުކަން ހޯދަން ބޭނުން ނަމަ އާދައިގެ ކަށިގަނޑެއް ކަމަކުނުދާނެ އެވެ.

"ހައިޕަވިސްލް" އަކީ ދުރަށް އަޑު ފޮނުވާ ކަށިގަނޑެކެވެ. ބާރަށް ފުމެލައިފިއްޔާ ދެ މޭލު ދުރަށް އަޑު ފޯރާނެކަމަށްވެއެވެ. މި ކަށިގަނޑު އެންމެ ބާރަށް ފުމެވެނީ 142 ޑެސިބްލްއަށެވެ. އެއީ ޖެޓް މަތިންދާބޯޓެއްގެ އިންޖީނު ޖައްސާލީމާ ތަންކޮޅެއް ދުރަށް އިވޭހާ ބާރު މިނެވެ. މި ކަށިގަނޑު ބޭނުންކުރުން ރައްކާތެރީ ކަންފަތަށް ޖަހާ އުނގުރިއާވެސް އެކުގައެވެ.

މިހާ ވަރުގަދަ އަޑެއް މި ކަށިގަނޑުތެރޭން ނުކުންނަނީ ފަރުމާކުރުމުގައި ހުރި ޚާއްސަ ސިފަތަކެއްގެ ސަބަބުންކަމަށް ހައިޕަވިސްލް އުފެއްދި ކުންފުނިން ބުނެ އެވެ.

މިވަރުގެ ކަށިގަނޑެއް ބޭނުންވާނީ ކޮންކަމަކުތޯ ސުވާލު އުފެދިދާނެއެވެ. ޖަވާބަކީ ކާރިސާގެ ވަގުތުތަކުގައި ސަލާމަތަށް އެދި ގޮވާ އަޑު އިއްވާލުމަށެވެ. ކުޅިވަރު ކުޅޭ ތަންތަނުގައި ހަމަޖެހުން ގާއިމްކުރުމަށެވެ. ޓްރެފިކް ބަލަހައްޓާ ފުލުހުންގެ ބޭނުމަށާއި އޮޑިދޯނިފަހަރާއި ބޮޑެތި އާގުބޯޓުފަހަރުގެ ބޭނުންތަކަށާއި މިނޫނަސް މިފަދަ އެކި ކަންކަމުގައެވެ.

މީގެ ކަށިގަނޑު އަޑިއަކަށް ވެސް ނުދާނެ އެވެ. ހައިޕަވިސްލްގެ ބަރުދަނުގައި ހުންނަނީ ވިއްސަކަށް ގްރާމެވެ.