ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ
ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ

ބެއިޖިން (އެޕްރީލް 2) - ހޮން ކޮން، މަކާއޫ އަދި ޗައިނާގެ މައި ސަރަހައްދު ގުޅާލެވޭ ގޮތަށް ކަނޑު ހުރަސްކޮށް ހެދި 55 ކިލޯ މީޓަރުގެ ބްރިޖް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ
ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ

ހަތް އަހަރުގެ މަސައްކަތުން ފުރިހަމަކުރި ބްރިޖުގައި ހަ ލޭން ހިމެނޭ އިރު ބްރިޖާ އެކު ހަތަރު ޓަނަލް އާއި އަލަށް އުފެއްދި ހަތަރު ރަށް ވެސް ވަނީ ބްރިޖާ ގުޅުވާލައިފަ އެވެ. ބްރިޖް ހެދުމަށް ވަނީ ފްރާންސްގެ ޕެރިހުގެ އައިފެލް ޓަވަރު ވަރުގެ 60 ޓަވަރު ހަދަން ބޭނުންވާނެ ދަގަނޑު ބޭނުންކޮށްފަ އެވެ.

ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ
ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ

ބްރިޖްގެ ޓީމް ލީޑަރު ގާއޯ ޒިންގްލިން ވިދާޅުވީ ބްރިޖް ހެދުމުގައި ވަނީ އިނގިރޭސި ވިލާތް، އެމެރިކާ، ސްވިޒަލެންޑް، ޑެންމާކް، ޖަޕާން އަދި ނެދަލޭންޑްސް ފަދަ 14 ގައުމެއްގެ ތަޖްރިބާކާރުންގެ އެހީ ހޯދާފައި ކަމަށެވެ. ބްރިޖް ހުޅުވުން ހޮން ކޮން، މަކާއޫ އަދި ޗައިނާ އަށް ކުރާ ދަތުރު ދެބައިކުޅަ އެއްބަޔަށް ކުޑަވާނެ އެވެ. ޗައިނާ އިން މިދިޔަ ހަފުތާގައި ވަނީ ބޭރުގެ މީޑިއާ އަށް ބްރިޖް ދައްކާލައިފަ އެވެ. ނަމަވެސް ބްރިޖް ހުޅުވާނެ ވަކި ތާރީޚެއް އަދި ހަމަނުޖައްސަ އެވެ.

ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ
ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގައި ހުޅުވަނީ

ދުވާލަކު 40،000 ވެހިކަލް އާ ބްރިޖުން ދަތުރުކުރާނެ ކަމަށްވެ އެވެ. އަދި ކޮންމެ 10 މިނިޓަކުން ދަތުރުުކުރާ ޝަޓްލް ބަސް ވެސް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ބްރިޖަށް 15 ބިލިއަން ޑޮލަރު ޚަރުދުކޮށްފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

މިއީ ޗައިނާ އިން މި އަހަރު ހުޅުވާ މެގަ އިންފްރާސްޓްރަކްޗާ ދެ ވަނަ ޕްރޮޖެކްޓެކެވެ. އަނެއް ޕްރޮޖެކްޓަކީ ހައި ސްޕީޑް ރެއިލް ލިންކެވެ.