ބޯޝް ބްރޭންޑުގެ ކުޑަކުޑަ "ޗެއިން ސޯ"
ބޯޝް ބްރޭންޑުގެ ކުޑަކުޑަ "ޗެއިން ސޯ"

ޗެއިން ސޯ އަކީ ވަރުގަދަ އެއްޗެހި ބުރިކުރަން ހާއްސަ އެއްޗެކެވެ. އެކަމަކު މީގެ ކުޑަ އެއްޗެއް ގޭތެރޭގެ އާދައިގެ މަސައްކަތަށް ކިހާ ފައްކާވާނެ ހެއްޔެވެ. "ބޯޝް އީޒީ ކަޓް 12" އަކީ މިނީ ޗެއިން ސޯ އެކެވެ. އެނބުރޭ ދުނި ކީހަކާއެކު ފަރުމާކޮށްފައިވާ މި ކީހުގައި ހިމެނޭ ކޮންމެ ދުންޏެއްގެ ބޮޑުމިނުގައި ހުންނަނީ އެންމެ 4 މިލިމީޓަރެވެ.

ބޯޝް އީޒީކަޓް 12 އަކީ ކަރަންޓު ބުރުމާއެއްހެން އެއް އަތުން ބޭނުންކުރާ އެއްޗެކެވެ. އެހެން ބައެއް ކީސް ބޭނުންކުރާއިރު ހުންނަ ތުރުތުރުއެޅުމެއް މި ކީހަކު ނުހުރެއެވެ. ފިލާފޮތީގައި އަޅާ ރޮނގުމަތިން ސީދަލަށް ކަފާލެވެއެވެ. މީގައި ހުންނަ ކުޑަ ތިލައިގެ ސަބަބުން މާ ބޯކޮށް ހުންނަ ލަކުޑި ކަފަން އުނދަގޫވާނެއެވެ. އެންމެ ފުޅާވެގެން މި ކީހުން ކެފޭނީ 2.5 އިންޗި ހުންނަ ފިލައެވެ. އެއަށްވުރެ ބޯފިލައެއް ނަމަ މިކަމަށްޓަކައި އެހެން ޓޫލްއެއް ބޭނުންކުރުން މާ ރަގަޅެވެ.

ކީހުން ކެފުމުގެ ތަޖުރިބާއެއް ނެތް މީހަކަށް ވެސް މި ކީސް ބޭނުންކުރެވޭނެއެވެ. މެއިންޓަނަންސް އަށް ބުރަ މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ތިލަ ބަދަލުކުރާކަށް މާ އުނދަގުލެއް ވެސް ނޫނެވެ. ތިލަ ތޫނުކުރާކަށް ނުވަތަ ތެޔޮލައި ސާފުކުރާކަށް ވެސް ނުޖެހެއެވެ. ތިލަ ކޮށިވީމާ އާ ތިލައެއް ލައްވާލަންވީއެވެ. މި ކީހުގެ ތިލައިގެ ވަށައިގެން އެނބުރޭ ދުނިކީސް، މިނިޓަކު 4،100 ބުރު ޖަހައެވެ. މީގެ 12 ވޯލްޓުގެ ބެޓެރީގެ ބާރު ދަންދެން ހަމަ އެވަރަށް އެނބުރި އެނބުރި ހުރެއެވެ.

އެކަމަކު ކުޑަކުދިން އަތުޖެހޭ ހިސާބުގައި މި ޓޫލް ނުބާއްވާށެވެ.