04 އެޕްރީލް 2018 - 06:20

މިއީ ކޮންމެ ތަނަކުން ވެސް އިންޓަނެޓް ލިބެން ހުންނަ ޒަމާނެވެ. ނަމަވެސް އާންމު ތަންތަނުގައި އިންޓަނެޓަށް ވަދެ އުޅޭއިރު ސަމާލުވާންޖެހޭ ކަންކަން ވަރަށް ގިނައެވެ. އެއީ ކޮންމެ ކަނެކްޝަނަކީ ރައްކާތެރި ކަނެކްޝަނަކަށް ނުވާތީއެވެ. މި ސަބަބަށްޓަކައި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް މަގުފަހިކޮށްދޭން އުފެއްދި އެއް ޑިވައިސް އަކީ ކީޒަލް ސައިބަ ސެކިޔުރިޓީ ޑިވައިސް އެވެ.
ކީޒަލް ޑިވައިސް އަކީ ބޭކާރު އިޝްތިހާރުތަކާއި މި ނޫނަސް ކޮންމެހެން ބޭނުންނޫން ސައިޓުތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އަދި ތިމާގެ ލޮކޭޝަން ވެސް ސިއްރުކޮށްދެއެވެ. އަދި ބައެއް ގައުމުތަކަށް އެކަނި ލައިސަންސްދީފައިވާ ސައިޓުތަކަށް ވެސް ދުނިޔޭގެ ކޮންމެ ތާކު އިނދެވެސް ވަދެވޭނެ ފުރުސަތު އޮވެއެވެ. ބޭނުން ގައުމެއް އިޚްތިޔާރުކޮށްގެން ކުރިއަށްގެންދަންވީއެވެ.
ކީޒަލް ސައިބަ ސެކިޔުރިޓީ ޑިވައިސް ކޮމްޕިޔުޓަރުގެ މައުސްއާ ވައްތަރު ގޮތެއް ހުރެއެވެ. މީގެ ފުލުގައިވާ ފިތަށް ފިތާލުމުން އިންޓަނެޓް ކަނެކްޝަންއާ ގުޅުވައިދެއެވެ. އަދި ކީޒަލް މެދުވެރިކޮށް އިންޓަނެޓަށް ވަދެވެއެވެ. މިހާ ހިސާބުން ފެށިގެން ކީޒަލް ދާނީ އެ ކަނެކްޝަން މެދުވެރިކޮށް އަންނަ ހުރިހާ ނުރައްކަލަކާ ކުރިމަތިލަމުން، އިންޓަނެޓާ ގުޅިފައިވާ ޑިވައިސް ދިފާއުކޮށްދެމުންނެވެ.
ކީޒަލް ފުދެނީ ހަމައެކަނި އިންޓަނެޓް ކަނެކްޝަންއަކާ ގުޅުވައިދޭ އެކުވެރިޔެއްގެ މަގާމަކަށް އެކަންޏެއް ނޫނެވެ. ފޯނުން ޗާޖު ގޮސް ފޯނު "މަރުވެދާނެ"ކަމަށް ހީވެއްޖެ ނަމަ ކީޒަލްއަށް ޖަހާލައިގެން ފޯނު ޗާޖުކޮށްލެވެއެވެ.