01 އެޕްރީލް 2018 - 17:56

ބީއެމްއެލް އިން ދޫކުރާ ލުއި ލޯނު ނަގާ މީހުންގެ ތެރެއިން، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލޯނު ފައިސާ އަނބުރާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، މި މަހުގެ ތެރޭގައި އަލަށް ލުއި ލޯނު ނަފާ މީހުންގެ އިތުރުން ރީ-ފައިނޭންސިން އަށް ހުށަަހަޅާ މީހުންނަށެވެ.
ބީއެމްއެލް އިން ބުނީ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނު ނަގާ ފަރާތްތަކަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
ލުއި އެކްސްޕްރެސްގެ ދަށުން ނެގޭނީ ގިނަވެގެން 50،000ރ. އެވެ. އަދި ލުއި ޕްރޮފެޝަނަލްގެ ދަށުން 100،000ރ. ނެގޭނެ އެވެ. ބީއެމްއެލް އިން ބުނީ ލޯނަށް ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި، ޝަރުތު ހަމަވާ ނަމަ ލޯނު ދޫކުރާނެ ކަމަށެވެ.
އެ ބޭންކުން ބުނީ ލުއި ލޯނު ނެގޭނީ މަދުވެގެން އެއް އަހަރު ދުވަހު، މެދުނުކެނޑި ވަޒީފާގައި އުޅެ، ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާވެފައިވާ މީހުންނަށް ކަމަށެވެ. އަދި ލޯނަށް ކަނޑައެޅޭ މިންވަރެއް ކަނޑާނީ، އެ މީހެއްގެ މުސާރަ ޖަމާވާ އެކައުންޓަކުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.