ގުދަނެއްގައި އަލިފާން ރޯވެ ޔަމަނުން 50 ޓަނުގެ ކާނާ އަނދައިފި
ގުދަނެއްގައި އަލިފާން ރޯވެ ޔަމަނުން 50 ޓަނުގެ ކާނާ އަނދައިފި

ސަންއާ (އެޕްރީލް 1) - ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހިފައިވާ ޔަމަނުގައި އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމުން ކާބޯތަކެތި ރައްކާ ކުރާ ގުދަނެއްގައި އަލިފާން ރޯވެ 50 ޓަނަށް ވުރެ ގިނަ ސާމާނު އަނދައިފި އެވެ.

ގުދަނެއްގައި އަލިފާން ރޯވެ ޔަމަނުން 50 ޓަނުގެ ކާނާ އަނދައިފި
ގުދަނެއްގައި އަލިފާން ރޯވެ ޔަމަނުން 50 ޓަނުގެ ކާނާ އަނދައިފި

އަލިފާން ރޯވެފައި ވަނީ ރަތްކަނޑުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ހުދައިދާހުގައި ހުރި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ގުދަނެއްގަ އެވެ. ކާނާގެ އިތުރުން ގުދަނުގައި ގޮދަނޑި އާއި ތެލުގެ ބާވަތްތައް ވެސް ހުންނާނެ ކަމަށް ޑަބްލިއުއެފްޕީ އިން ބުނެ އެވެ. ގުދަނުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.

ޔަމަނުގެ ތިން އަހަރުވީ ހަނގުރާމައިގައި މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ޔަމަނުގެ ހޫތީ ހަނގުރާމަވެރިން 2015 ވަނަ އަހަރު އަދަނަށް ދިން ހަމަލާއާ ގުޅިގެން އެ އަހަރު މާޗް މަހު ވަނީ ސައުދީ ކޯލީޝަނުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށައިފަ އެވެ. ޔަމަނުގެ ހަނގުރާމަ އދ. އިން ސިފަކޮށްފައި ވަނީ ދުނިޔެ އަށް މިހާތަނަށް ޖެހުނު އެންމެ ބޮޑު އިންސާނީ މުސާބާތުގެ ގޮތުގަ އެވެ. ޔަމަނުގެ 20 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެހީ އަށް ބޭނުންވެފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސައުދީ ކޯލިޝަނުން ވަނީ ޔަމަނުގެ ހުދައިދާހުގެ ބަނދަރާއި ސަންއާ އެއާޕޯޓް މެދުވެރިކޮށް އެހީ ބޭލުމުގެ ހުއްދަ ދީފަ އެވެ.